Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޖޭއެސްސީއަށް ފަނޑިޔާރު ހަސަން ޝަފީއު

ޖޭއެސްސީއަށް ފަނޑިޔާރު ހަސަން ޝަފީއު

މުހައްމަދު ޖަމްޝަތު
198 ދުވަސް ކުރިން - 8 ޖެނުއަރީ 2026 22:10
ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު، ޖޭއެސްސީއަށް މިއަދު ވަނީ އައްޔަންކޮށްފަ---
ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު، ޖޭއެސްސީއަށް މިއަދު ވަނީ އައްޔަންކޮށްފަ---
ޚުލާސާ

ފަނޑިޔާރު ޝަފީއު އައްޔަންކުރީ ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކުރާ ފަނޑިޔާރުގެ މަގާމަށް

ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހައި ކޯޓުން ކަނޑައަޅާ ފަނޑިޔާރަކަށް އެ ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު މިއަދު އައްޔަންކޮށްފި އެވެ.

ފަނިޑިޔާރު ހަސަން ޝަފީއު އަކީ ގާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންއިން ބެޗްލާ އޮފް ލޯ(އެލް.އެލް.ބީ) އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން މާސްޓަ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅާ ކޮމިޝަންގެ މެމްބަރުކަމަށް ފަނޑިޔާރު ޝަފީއު އައްޔަންކުރީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަމަށް ޖޭއެސްސީން ބުންޏެވެ.

Advertisement

Advertisement 1

ފަނޑިޔާރު ހަސަން ޝަފީއު އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 27 އޮކްޓޫބަރު 2013 ގައެވެ. އެއީ ފެމިލީ ކޯޓުގެ ގާޒީކަމަށެވެ. އެއަށްފަހު ސިވިލް ކޯޓުގައިވެސް އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ފަނޑިޔާރު ހަސަން ޝަފީއު އައްޔަންކުރެއްވީ 4 އޮކްޓޯބަރު 2020 ގަ އެވެ.

ޖޭއެސްސީ އެކުލެވިގެން ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެމްބަރަކާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ އައްުޔަން ކުރައްވާ ބޭފުޅަކާއި ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ބޭފުޅެއްގެ މައްޗަށެވެ.

ޖޭއެސްސީގައި ތިއްބަވާ މެންބަރުންނަކީ އެ ކޮމިޝަނުގެ ރައީސް ހުސްނީ މުބާރިކްއާއި، ކޮމިޝަނުގެ ނާއިބުރައީސް ޔަޒްމީދު މުހައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި، އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އައްޔަން ކޮށްފައިވާ ފަނޑިޔާރު ހުސައިން ޝަހީދުއެވެ.

މީގެ އިތުރުން، ދަށު ކޯޓުގެ ފަނޑިޔާރު ފަރުހާދު ރަޝީދާއި، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި މެންބަރު އިދްރީސް ފައުޒީއާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު މުޖްތާޒްއާއި، ބަންޑާރަނައިބު އަހުމަދު އުޝާމާއި، ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ މެންބަރު އަލީ އަބްދުއްލަތީފް ހިމެނެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ)ހައިކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޖަމީލް މޫސާ އައްޔަން ކުރައްވައިފި

ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޖަމީލް އައްޔަން ކުރައްވައިފި

96 ދުވަސް ކުރިން - 22:36

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ޖުޑީޝަލް ކައުންސިލް އަލުން އެކުލަވައިލަނީ

ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލަން ގާނޫނު އިސްލާހުކުރަނީ!

96 ދުވަސް ކުރިން - 21:00

ހައިކޯޓަށް އިސް ފަނޑިޔާރެއް، ފެމިލީ ކޯޓަށް އިސް ގާޒީއެއް ހޯދަނީ

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

121 ދުވަސް ކުރިން - 20:04

ރިފަރެންޑަމް ހުއްޓުވަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަތް!

ރިފަރެންޑަމް ހުއްޓުވުމުގެ މައްސަލަ ކޯޓުން ބަލައި ނުގަތް!

122 ދުވަސް ކުރިން - 21:20

109 އަހަރުގެ ޖަލު ހުކުމް ޝިފާއުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ޝިފާއުއަށް ކުރި 109އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކޮށްފި

143 ދުވަސް ކުރިން - 16:05

އަމިން ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

އަމިން ކުންފުންޏަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކޮށްފި

146 ދުވަސް ކުރިން - 15:49