އަންގާރަ ދުވަހުގެރޭ ގަލޮޅު، ހަލަވެލި ގޯޅިތެރޭ ދުވަސްވީ އަންހެނަކަށް ހަމަލާދީ މާރަމާރީ ހިންގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. ޝާރާޒް، އަލީ އިމްރާން ވަހީދު (30 އަހަރު) އެވެ. ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އަންހެން މީހާއަށް ހަމަލާދޭ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އެވަގުތު އެ ފިރިހެން މީހާ ހުރީ ގަމީސް ނުލަ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.






