Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވިޖޭ އާއި ރަޝްމިކާ މިއަހަރު ފެބްރުއަރީގައި ކައިވެނިކުރަނީ

ވިޖޭ އާއި ރަޝްމިކާ މިއަހަރު ފެބްރުއަރީގައި ކައިވެނިކުރަނީ

އައިޝަތު ރުވާ ރިފްޢަތު
233 ދުވަސް ކުރިން - 7 ޖެނުއަރީ 2026 18:49
ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަންނާ އެކުގައި---
ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަންނާ އެކުގައި---
ޚުލާސާ

ކައިވެނީގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އިންޑިއާގެ އުދެއިޕޫރުގައިކަމަށް ރިޕޯޓުތަކުން ބުނޭ.

ތެލޫގޫ ސިނަމާގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަންނާ މިއަހަރުގެ ފެބްރުއަރީ މަހު ކައިވެނިކުރަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުސްތާން ޓައިމްސްއިން އެ ދެ ތަރިންގެ ގާތް މީހަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ކައިވެނީގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. މި ކައިވެނީގެ ހަފުލާ ބޭއްވުމަށް ނިންމާފައިވަނީ އިންޑިއާގެ އުދެއިޕޫރުގަ އެވެ.

މިއީ "ޑެސްޓިނޭޝަން ވެޑިން" އެއްގެ ގޮތުގައި ކުރިއަށް ގެންދާ ހަފުލާއެއް ކަމަށާއި، މިހާރު ހަފުލާ ބާއްވާނެ ތަނާއި އެހެނިހެން އިންތިޒާމުތައް ފައިނަލްކޮށް ނިމިފައިވާ ކަމަށް އެ ނޫހުން ރިޕޯޓްކުރެ އެވެ. އަދި މި ހަފުލާގައި ބައިވެރިވާނީ ދެ ފަރާތުގެ އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިން އެކަނި ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

Advertisement

Advertisement 1

ރިޕޯޓުތައް ބުނާގޮތުން ކައިވެނީގެ ކުރިން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވިޖޭ އާއި ރަޝްމިކާ ވަނީ ސިއްރިއްޔާތުގައި އެންގޭޖުވެފަ އެވެ.

މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފުރަތަމަ ފެތުރެން ފެށީ 2018 ވަނަ އަހަރު އެ ދެމީހުން އެކުގައި ކުޅުނު ފިލްމު "ގީތާ ގޮވިންދަމް" ގެ ދުވަސްވަރު އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ނުކުތް "ޑިއާ ކޮމްރޭޑް" ގެ މަސައްކަތުގެ ތެރެއިންވެސް މި ވާހަކަތައް ވަރަށް ގަދައަށް ދެކެވުނެވެ.

ވިޖޭ އާއި ރަޝްމިކާ އެކުގައި ތިން ފިލްމެއްގައި މަސައްކަތް ކޮށްފައިވާއިރު، އެކި ތަންތަނުން މި ދެ ތަރިން އެކުގައި ފެނިފައިވެ އެވެ. އެގޮތުން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޗުއްޓީ ހޭދަކުރުމަށް މި ދެ ތަރިން ވަނީ ރާއްޖެއަށް ވެސް އައިސްފަ އެވެ.

ވިޖޭ އާއި ރަޝްމިކާ އަކީ މިހާރު ބޮލީވުޑްގައިވެސް ފައިތިލަ ސާބިތުކޮށްފައިވާ ދެ ތަރިންނެވެ. ވިޖޭ ވަނީ "ލައިގާ" އިން ބޮލީވުޑަށް ތައާރަފުވެފައެވެ. އަދި ރަޝްމިކާ ވަނީ މި ފަހުން ނުކުތް ކާމިޔާބު ފިލްމު "އެނިމަލް" އާއި މި އަހަރު ނުކުތް "ޗާވާ" ގައި މުހިންމު ރޯލުތަކެއް އަދާކޮށްފަ އެވެ.

ބޮލީވުޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖުނައިދު އާއި ސައި ޕައްލަވީގެ ފިލްމު "އޭކް ދިން" އެމެޒޯން ޕްރައިމްއަށް

ޖުނައިދު އާއި ސައި ޕައްލަވީގެ ފިލްމު "އޭކް ދިން" އެމެޒޯން ޕްރައިމްއަށް

39 ދުވަސް ކުރިން - 20:37

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

58 ދުވަސް ކުރިން - 13:17

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

103 ދުވަސް ކުރިން - 14:37

އަކްޝޭގެ 'ބޫތު ބަންގްލާ' ބޮކްސް އޮފީހުގައި ރަސްކަން ކުރަނީ: 10 ދުވަހުން 150 ކްރޯޑްގެ ރެކޯޑް އާމްދަނީއެއް

'ބޫތު ބަންގްލާ'އަށް 150 ކްރޯޑްގެ އާމްދަނީއެއް ލިބިއްޖެ

123 ދުވަސް ކުރިން - 23:08

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބޭކަމުގެ އުފާވެރި ހަބަރު ދީފި

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބެނީ

131 ދުވަސް ކުރިން - 23:38

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާ އަރުޖުންތަ؟

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާތަ؟

138 ދުވަސް ކުރިން - 23:00