އުމުރުން ދުވަސްވީ އަންހެނަކަށް އަނިޔާކޮށް މާރަމާރީ ހިންގައިފި

އައިޝަތު ރުވާ ރިފްޢަތު | 18 ދުވަސް ކުރިން - 6 ޖެނުއަރީ 2026 23:18
މާރަމާރީ ފުޓޭޖުގެ ސްކްރީންޝޮޓެއް---
މާރަމާރީ ފުޓޭޖުގެ ސްކްރީންޝޮޓެއް---
ޚުލާސާ

އަންހެން މީހާއަށް އަނިޔާކޮށްފައިވަނީ ޒުވާން ފިރިހެނެއް. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން.

މާލޭގައި އުމުރުން ދުވަސްވީ އަންހެނަކަށް އަނިޔާކޮށް މާރަމާރީ ހިންގައިފި އެވެ.

ހަލަވެލި ގޯޅިގައި މި މާރަމާރީހިންގާފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. މާރަމާރީ ހިންގާ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އަންހެން މީހާ އަށް އަނިޔާކޮށްފައިވަނީ ޒުވާން އުމުރުފުރައިގެ ފިރިހެނެކެވެ. އެ ފިރިހެން މީހާ ހުރީ ގަމީސް ނުލަ އެވެ. އެ މާރަމާރީ ހުއްޓުވަން އެހެން ފިރިހެނަކު މަސައްކަތްކުރަމުންދާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.

މި މާރަމާރިއާ ގުޅިގެން ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ރިޕޯޓު މިރޭ 20:59 ހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ ހަފްތާއިން ފެށިގެން މާލޭގައި ކޮންމެވެސް ވަރަކަށް މާރަމާރީ ވަނީ ހިނގާފަ އެވެ. އެގޮތުން ގިނައީ ބިދޭސީންގެ މާރަމާރީތަކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%