Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުންގެ ފޯމު ހުށަހަޅާ "މައި ޕޯޓަލް" ހުޅުވާލައިފި

ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުންގެ ފޯމު ހުށަހަޅާ "މައި ޕޯޓަލް" ހުޅުވާލައިފި

މުހައްމަދު ޖަމްޝަތު
155 ދުވަސް ކުރިން - 6 ޖެނުއަރީ 2026 22:07
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އާއި މެމްބަރުން---ފޮޓޯ:އީސީ
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އާއި މެމްބަރުން---ފޮޓޯ:އީސީ
ޚުލާސާ

މިހާރުން ފެށިގެން މައި ޕޯޓަލް މެދުވެރިކޮށް ކެންޑިޑޭޓުންނަށް ލިޔެކިޔުންތައް އަޕްލޯޑުކޮށް ސޭވް ކުރެވޭނެ. ނަމަވެސް ފޯމު ހުށަހެޅޭނީ އެކަމަށް އެދި ރަސްމީކޮށް ހުޅުވައިލުމުން

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ކެނޑިޑޭޓުން ފޯމު ހުށަހަޅާ "މައި ޕޯޓަލް" މިއަދު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ މައުލޫމާތު ފުރިހަމަކޮށް ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު ފައިސާ ދެއްކުމަށްޓަކައި އިދާރީގޮތުން މައި ޕޯޓަލް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މިހާރު ޕޯޓަލް ހުޅުވާލިނަމަވެސް، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފޯމު ލެވޭނީ އިންތިހާބަށް ރަސްމީކޮށް އެ ކޮމިޝަނުން އިއުލާނުކުރުމުން ކަމަށް އީސީން ބުންޏެވެ.

އީސީން ބުނީ ދުރާލާ ޕޯޓަލް ހުޅުވުމުގެ ބޭނުމަކީ، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީ، އިންތިހާބަށް ރަސްމީކޮށް އިއުލާނު ކުރުމާއެކު ފޯމު ހުށަހެޅޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

Advertisement

Advertisement 1

އެގޮތުން މިއަދުން ފެށިގެން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެފަރާތްތަކުގެ އަމިއްލަ އީފާސް އެކައުންޓް މެދުވެރިކޮށް، މައި ޕޯޓަލް އަށް ލޮގިންވުމަށްފަހު ޕޯޓަލްގައި ކެންޑިޑޭޓުގެ މައުލޫމާތާއި، އަޕްލޯޑުކުރަންޖެހޭ ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު، އިންތިހާބަށް ދައްކަންޖެހޭ އިދާރީ ފައިސާދެއްކޭނެކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އަދި އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުން، ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 50 މީހުންގެ ތާއިދުވެސް ހޯދަންވާނީ މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އީސީން ވަނީ ބުނެފައެވެ.

މީގެއިތުރުން، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ކުށާއި ދަރަނީގެ ރިކޯޑު އަޕްލޯޑުކުރާއިރު އީސީން ކޮށްފައިވާ އިއުލާނާ އެއްގޮތަށް އަމަލުކުރުމަށާއި އިންތިހާބަށް ރަސްމީކޮށް އިއުލާނު ކުރަންވާއިރަށް، ކެންޑިޑޭޓުންގެ މައުލޫމާތު ފުރިހަމަކޮށް، ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު އިދާރީ ފައިސާ ދައްކައި ތައްޔާރުވެގެން ތިބުމަށް އީސީން ވަނީ އެދިފަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުއިލެކްޝަންސް ކޮމިޝަން (އީސީ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

4 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

6 ދުވަސް ކުރިން - 12:12

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން އުވާލައިފި

7 ދުވަސް ކުރިން - 18:13

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ހިތަދޫ-އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 4122 މީހުންނަށް ވޯޓުލެވޭނެ!

17 ދުވަސް ކުރިން - 14:14

ތަކުރާރުކޮށް ހިލާފުވުމުން އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ޖޫރިމަނާކޮށްފި

ތަކުރާރުކޮށް ހިލާފުވުމުން އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ޖޫރިމަނާކޮށްފި

31 ދުވަސް ކުރިން - 16:41