Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކްރިމިނަލް ކޯޓުން މައްސަލަތައް ނިންމާ މިންވަރު %140 އިތުރުވެއްޖެ

ކްރިމިނަލް ކޯޓުން މައްސަލަތައް ނިންމާ މިންވަރު %140 އިތުރުވެއްޖެ

މުހައްމަދު ޖަމްޝަތު
201 ދުވަސް ކުރިން - 5 ޖެނުއަރީ 2026 22:08
ކްރިމިނަލް ކޯޓު ހިންގަން ހުޅުމާލޭގައި ގާއިމުކުރި ކޯޓް ކޮމްޕްލެކްސް އިމާރާތް ހުޅުވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް
ކްރިމިނަލް ކޯޓު ހިންގަން ހުޅުމާލޭގައި ގާއިމުކުރި ކޯޓް ކޮމްޕްލެކްސް އިމާރާތް ހުޅުވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ކްރިމިނަލް ކޯޓުން މައްސަލަތައް ނިންމާ މިންވަރު އިތުރުވެފައިވާއިރު، އެކޯޓުން ވަނީ މިއަހަރު ތެރޭގައި ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެ ލިބިގެންދާނެ ކަމަށް ބުނެފަ

ހުޅުމާލޭގައި ގާއިމުކުރި ކޯޓް ކޮމްޕްލެކްސް އާ އިމާރާތާއެކު ކްރިމިނަލް ކޯޓުގެ މަސައްކަތް އެތައް ގުނައެއް އަވަސް ވެފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އާ އިމާރާތާއެކު އެކޯޓުން މަހެއްގެ މައްޗަށް މައްސަލަ ނިންމާ މިންވަރު 140 އިންސައްތަ ވަނީ އިތުރުވެފަ އެވެ.

އެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެކޯޓަށް ހުށަހަޅާފައިވަނީ ޖުމްލަ، 1،062 މައްސަލަ އެވެ. މި މައްސަލަތައް އެކޯޓުގެ 11 ފަނޑިޔާރުންނަށް ބެހިގެން ދިޔައިރު، ގިނަ ފަނޑިޔާރުންނާއި 100އަށް ވުރެ ގިނަ މައްސަލަ އަހަރުގެ ތެރޭގައި ވަނީ ހަވާލުކޮށްފަ އެވެ. އަދި އަހަރު ނިމުނުއިރު ބައެއް ފަނޑިޔާރުންގެ އަތުގައި 200 މައްސަލަ ނުނިމި ހުރިކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

Advertisement

Advertisement 1

ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން، މިދިޔަ އަހަރު ޖުމްލަ 1،380 މައްސަލައެއް ވަނީ ނިންމާފަ އެވެ. ކޯޓުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރު އެ ކޯޓުން ނިންމާފައިވަނީ 649 މައްސަލަ އެވެ.

އެކޯޓުގައި މައްސަލަތައް ނުނިމި ގިނަ ދުވަސް ވަމުން ދިއުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ޑިޕާޓްމެންޓް އޮފް ޖޫޑީޝަލް އެޑްމިނިސްޓްރޭޝަނުން މީގެ ކުރިން ފާހަގަކޮށްފައިވާ ގޮތުގައި ކޯޓުގައި ހުރި މައްސަލަ ނުނިމި ދިގުލައިގެން ދަނީ ކޯޓުގައި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން މައްސަލަތައް އެކަށީގެންވާ މިންވަރަށް ތާވަލް ނުކުރެވޭތީ އެވެ. މިމައްސަލަ ހައްލުކުރުމަށް އެކޯޓުގެ އާ އިމާރާތެއް ހުޅުމާލޭގައި ހުޅުވާ މިދިޔަ އަހަރު ތެރޭ ހިދުމަތް ދޭން ވަނީ ފަށައިފަ އެވެ.

ތަފާސް ހިސާބުތަކުން އެނގޭގޮތުގައި އާ އިމާރާތުގެ ކުރިން، އެކޯޓުން މަހެއްގެ މައްޗަށް ނިންމަމުން ދިޔައީ 72 މައްސަލައެވެ. ނަމަވެސް އާ އިމާރާތާއެކު އެކޯޓުގެ މައްސަލަ ނިންމާ މިންވަރު އިތުރުވެ، އަހަރު ނިމުނުއިރު މަހެއްގެ މައްޗަށް 175 މައްސަލަ ނިންމައެވެ. މިއީ 140 އިންސައްތައިގެ ކުރިއެރުމެއްކަން އެކޯޓުން ފާހަގަކުރެ އެވެ.

މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ އެކޯޓުގެ ގާޒީ އަލީ ނަދީމެވެ. އޭނާ ވަނީ 302 މައްސަލަ ނިންމާފަ އެވެ. އެންމެ މަދުން މައްސަލަ ނިންމާފައިވަނީ ގާޒީ ހުސެއިން ފާއިޒު އެވެ. އޭނާ ވަނީ 56 މައްސަލަ ނިންމާފަ އެވެ. ކޯޓުން ބުނީ އެވަރެޖްކޮށް ގާޒީއަކު 113 މައްސަލަ ނިންމާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

7 ދުވަސް ކުރިން - 19:54

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

7 ދުވަސް ކުރިން - 18:42

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

46 ދުވަސް ކުރިން - 11:09

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

73 ދުވަސް ކުރިން - 16:32

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެ މީހަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައ ދެމީހަކު 25އަހަރަށް ޖަލަށް!

73 ދުވަސް ކުރިން - 16:23

ޒާތީނުވެ، އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރުކުރެވޭނެ: ހީނާ

ޒާތީނުވެ، އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރުކުރެވޭނެ: ހީނާ

74 ދުވަސް ކުރިން - 00:06