ރަސްމާލެ: ސައިޓް އޭ އިން 56 ހެކްޓަރުގެ ބިން ހިއްކައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 19 ދުވަސް ކުރިން - 5 ޖެނުއަރީ 2026 13:49
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ--- ފޮޓޯ: އެމްއޭސީއެލް
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ--- ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން ސައިޓް އޭ އިން ޖުމްލަ 137.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން ސައިޓް އޭ އިން 56 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.

އެމްއޭސީއެލް އިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން ސައިޓް އޭ އިން ޖުމްލަ 137.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި، މީގެ ތެރެއިން މިހާތަނަށް 56 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ. އެމްއޭސީއެލް އިން ބުނީ މިއީ އެ ސައިޓުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ 41 އިންސައްތަ މަސައްކަތް ކަމަށެވެ.

ރަސްމާލެ ސައިޓް އޭ ގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލް އިން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ފުރުތަމަ ދުވަހެވެ. ރަސްމާލޭ ސައިޓް އޭ ގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުގެ ތެރޭގައި ހިމެނޭ، 46,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ 'ކްރިސްޓޯބަލް ކޮލޯން' ބޭނުންކޮށްގެނެވެ.

މި ޑްރެޖަރު އޮޕަރޭޓް ކުރަނީ ޖޭން ޑެ ނަލް ނަމަކަށް ކިޔާ ކުންފުންޏަކުން ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

ރަސްމާލެ ހިއްކުމުގެ އިތުރުން އެމްއޭސީއެލް އިން އަންނަނީ ހުޅުމާލޭ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 49 ހެކްޓަރުގެ ބިން ވަނީ ހިއްކައި ނިމިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%