މަދޫރޯގެ ހަށިފާރަވެރިންގެ ތެރެއިން ބޮޑުބައެއް މަރާލައިފި

ހުސައިން އިސްމާއިލް | 20 ދުވަސް ކުރިން - 5 ޖެނުއަރީ 2026 09:56
އެމެރިކާ ސިފައިން ރައީސް މަދޫރޯ އަތުލައިގަތީ ބާރުގަދަ ޙަމަލާތަކެއް ވެނެޒުއެލާ އަށް ދިނުމަށް ފަހު
އެމެރިކާ ސިފައިން ރައީސް މަދޫރޯ އަތުލައިގަތީ ބާރުގަދަ ޙަމަލާތަކެއް ވެނެޒުއެލާ އަށް ދިނުމަށް ފަހު
ޚުލާސާ

ސިފައިންނާއި ހަށިފާރަވެރިން ހިމެނޭހެން 40 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ބައެއް މަސްދަރުތަކުން ބުނޭ

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ހަށިފާރަވެރިންގެ ތެރެއިން ބޮޑު ބައެއް، އެމެރިކާއިން ދިން ޙަމަލާތަކުގައި މަރުވެފައިވާ ކަމަށް ވެނެޒުއެލާގެ ޑިފެންސް މިނިސްޓަރު ވްލަޑިމިއާ ޕެޑްރީނޯ ވިދާޅުވެއްޖެއެވެ.

ޓީވީން ދެއްވި ތަގުރީރެއްގައި ޕެޑްރީނޯ ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާ އިން (މަދޫރޯގެ) ސެކިއުރިޓީ ޓީމާއި ސިފައިންނާއި މައުސޫމް ރައްޔިތުންގެ ތެރެއިން އެތައް ބަޔެއްގެ ފުރާނަ ދުއްވާލާފައިވާ ކަމަށެވެ.

މަރުވި މީހުންގެ ސީދާ އަދަދެއް އޭނާ ވިދާޅުނުވެއެވެ. ބައެއް މަސްދަރުތަކުން ބުނީ 40 ވަރަކަށް މީހުން މަރުވެފައިވާ ކަމަށެވެ.

އެމެރިކާ އިން މަދޫރޯގެ ހަށިފާރަވެރިން ވެސް މަރައިލުމަށްފަހު އޭނާ އާއި އޭނާގެ އަނބިކަނބަލުން ގެންގޮސް މިހާރު ވަނީ އެމެރިކާގައި ބަންދު ކޮށްފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ވެނެޒުއެލާގެ މިހާރުގެ ނައިބުރައީސް ޑެލްސީ ރޮޑްރިގޭޒް އެއްބާރުލުން ދޭނަމަ އެ ޤައުމަށް ޙަމަލާ ނުދޭނެ ކަމަށެވެ.

މަދޫރޯގެ މައްޗަށް އެމެރިކާ އިން ތުހުމަތު ކުރަނީ މަސްތުވާތަކެތީގެ ޝިޕްމެންޓުތައް އެމެރިކާ އަށް ފޮނުވުމާއި، އިންތިހާބު އޮޅުވާލައި ގަވާއިދާ ހިލާފަށް ވެރިކަމުގެ ބާރު ބޭނުންކުރާ ކަމަށެވެ.

އެމެރިކާއިން މަދޫރޯ ހައްޔަރުކުރުމުން، ވެނެޒުއެލާގެ ސުޕްރީމް ކޯޓުން ވަނީ ވަގުތީ ގޮތުން ރައީސްގެ މަޤާމާއި ޙަވާލުވުމަށް ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް އަށް އަންގަވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%