Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވެނެޒުއެލާ - ތެލާއި ރަނުން އެއްވަނަ! ގޭހުން އަށްވަނަ!

ވެނެޒުއެލާ - ތެލާއި ރަނުން އެއްވަނަ! ގޭހުން އަށްވަނަ!

ޢަބްދުﷲ ޖުނައިދު
157 ދުވަސް ކުރިން - 5 ޖެނުއަރީ 2026 10:19
ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް ދެން ކޮންޓްރޯލް ކުރާނީ އެމެރިކާއިން ކަމަށް ޕެންޓަގަނުން ބުނޭ
ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް ދެން ކޮންޓްރޯލް ކުރާނީ އެމެރިކާއިން ކަމަށް ޕެންޓަގަނުން ބުނޭ
ޚުލާސާ

ވެނެޒުއެލާގައި 303 ބިލިއަން ފީފާ ތެޔޮ، ބިމުއަޑީގައި 8900 ޓަނުގެ ރަން، 201 ޓްރިލިއަން ކިއުބިކްފީޓް ގޭސް އެބަހުރި

ވެނެޒުއެލާއަކީ ބިމުއަޑީގެ ޤުދުރަތީ ވަޞީލަތުގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ޤައުމެވެ. ތެލާއި ޤުދުރަތީ ގޭހާއި ރަނާއި ގިނަ ޢަދަދެއްގެ މައުދަންތަކުގެ ބޮޑު ރިޒާވްތަކެއް ވެނެޒުއޭލާގައި އެބަހުއްޓެވެ.

ވެނެޒުއެލާގައިވ އެންމެ ބޮޑު މުއްސަނދިކަމަކީ ތެލެވެ. ދުނިޔޭގައިވާ އެންމެ ބޮޑު ތެލުގެ ރިޒާވް އޮތީ އެ ޤައުމުގައެވެ. އެއީ ގާތްގަނޑަކަށް 303.2 ބިލިއަން ފީފާއެވެ. ހުސްވި 2025 ވަނަ އަހަރު ވެނެޒުއެލާއިން ކޮންމެ ދުވަހަކު 1 މިލިއަން ފީފާގެ ތެޔޮ އުފެއްދިއެވެ. ތެޔޮ އެކްސްޕޯޓް ކޮށްގެން އެކަނި އޭގެ ކުރީ އަހަރު ގާތްގަނޑަކަށް 17.5 ބިލިއަން އެމެރިކާ ޑޮލަރު ގެ ޢާމްދަނީއެއް ވެނެޒުއެލާއިން ހޯދިއެވެ.

މި ޗާޓަކީ ދުނިޔޭގައިވާ އެންމެ ބޮޑު ތެލުގެ ރިޒާވް ތަކެވެ. އެއްވަނައިގައިވާ ވެނެޒުއެލާގައި 303 ބިލިއަން ފީފާގެ ތެޔޮ އެބަހުއްޓެވެ. / ސޯސް: އޯޕެކް

Advertisement

Advertisement 1

ޤުދުރަތީ ގޭހުގައި ވެސް ދުނިޔޭގެ އަށްވަނައަށް އެންމެ ބޮޑު ރިޒާވް އޮތީ ވެނެޒުއެލާގައެވެ. އެއީ ގާތްގަނޑަކަށް 201 ޓްރިލިއަން ކިއުބިކް ފީޓް (ޓީސީއެފް)އެވެ.

ވެނެޒުއެލާގެ ބިމު އަޑީގައި 8900 ޓަނަށް ވުރެ ގިނަ ރަނުގެ ރިޒާވް އެއް ވެސް އެބަހުރިނކަމަށް ވެއެވެ. ލެޓިން އެމެރިކާގެ ޤައުމުތަކުގެތެރެއިން އެންމެ ގިނަ ޢަދަދަކަށް ރަން އެއްކޮށްފައި ހުރީ ވެސް ވެނެޒުއެލާގައެވެ. 2022 ގެ ޑޭޓަތަކުން އެނގޭ ގޮތުގައި ވެނެޒުއެލާގެ ސެންޓްރަލް ބޭންކުގައި 161.0 ޓަނަށް ވުރެ ގިނައިން ރަން އެބަހުއްޓެވެ. ބިމު އަޑީގައި ހުރި 8900 ޓަނުގެ ރިޒާވް ނުހިމަނައެވެ.

ލެޓިން އެމެރިކާގެ ޤައުމުތަކުން އެއްކޮށްފައިވާ ރަނުގެ ޓަނޭޖް ދައްކުވައިދޭ ބާޗާޓެއް (ސޯސް: ޓްރޭޑިން އިކޮނޮމިކްސް / 2022 ސެޕްޓެންބަރު)

މީގެ އިތުރުން ދަގަނޑާއި ލޮއިން ފެށިގެން އިލެކްޓްރޯނިކްސް އަދި ޒަމާނީ ޓެކްނޮލޮޖީތަކުގައި ބޭނުންކުރާ އެތައް ބައިވަރު މަޢުދަންތަކާއި ޖަވާހިރު ވެސް އެ ޤައުމުގެ ބިމުގައި އެބަހުއްޓެވެ. އޭގެތެރޭގައި ޑައިމަންޑް، ޓައިޓޭނިއަމް، ޒިންކް، އަދި ކޯލް ވެސް ހިމެނެއެވެ. ދުނިޔޭގައި 8 ވަނަ އަށް އެންމެ ބޮޑު ދަގަނޑުގެ ރިޒާވް ހުރީ ވެސް ވެނެޒުއެލާގައެވެ.

މަޢުދަނުގެ މުއްސަނދިކަމާއި އެއްވަރަށް ވެނެޒުއެލާ އަކީ އާދަޔާއި ޚިލާފު ޤުދުރަތީ މާހައުލެއްގެ ގޮތުގައި ވެސް މަޝްހޫރު ޤައުމެކެވެ. ދުނިޔޭގެ “މެގަޑައިވަރސް” ޤައުމުތަކުގެ ތެރޭގައި އެ ޤައުމު ވަނީ ލިސްޓު ކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ވެނެޒުއެލާގެ ތެލުގެ މުއްސަނދިކަން މީގެފަހުން މެނޭޖް ކުރާނީ އެމެރިކާއިންނެވެ.

ތެލާއި، ރަނާއި، ގޭހާއި ދަގަނޑާއި އަދިވެސް އެތައް ޤުދުރަތީ މަޢުދަނަކުން މުއްސަނދިވެފައިވާ ވެނެޒުއެލާގެ މި މުއްސަނދިކަން ދެން ކޮންޓްރޯލް ކުރާނީ އެމެރިކާ އިން ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

ވެނެޒުއެލާ
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަޗާދޯ އަށް ލިބުނު ޞުލްޙައިގެ މެޑަލް ޓްރަމްޕަށް ހަދިޔާ ކޮށްފި

މަޗާދޯއަށް ލިބުނު ޞުލްޙައިގެ މެޑަލް ޓްރަމްޕަށް ހަދިޔާކޮށްފި

146 ދުވަސް ކުރިން - 10:30

މަޑޫރޯ: ބަސް ޑުރައިވަރު ކަމުން ވެނެޒުއުލާގެ ރައީސްކަމަށް

މަޑޫރޯ: ބަސް ޑުރައިވަރު ކަމުން ވެނެޒުއުލާގެ ރައީސްކަމަށް

150 ދުވަސް ކުރިން - 19:53

ވެނެޒުއެލާއަށް ފަހު ދެން ޓްރަމްޕްގެ އަމާޒަކަށް ވާނީ ކޮން ގައުމެއް؟

ވެނެޒުއެލާއަށް ފަހު ދެން ކޮން ގައުމެއް؟

151 ދުވަސް ކުރިން - 09:36

އެމެރިކާއިން ވެނެޒުއެލާގެ ފަސްވަނަ ތެޔޮ ޓޭންކަރު ވެސް ހިފަހައްޓައިފި

އެމެރިކާއިން ވެނެޒުއެލާގެ ފަސްވަނަ ތެޔޮ ޓޭންކަރުވެސް ހިފަހައްޓައިފި

151 ދުވަސް ކުރިން - 20:11

އެމެރިކާ-ވެނެޒުއެލާ: ދެބިލިއަން ޑޮލަރުގެ ޑީލަކަށް ތައްޔާރުވަނީ

އެމެރިކާ-ވެނެޒުއެލާ: ދެބިލިއަން ޑޮލަރުގެ ޑީލަކަށް ތައްޔާރުވަނީ

154 ދުވަސް ކުރިން - 11:49

އެމެރިކާ އިން ހަމަލާ ދީފާނެތީވެ، ވެނެޒުއެލާގެ ރާގު ބަދަލުވެއްޖެ

ވެނެޒުއެލާގެ ރާގު ބަދަލުވެއްޖެ

154 ދުވަސް ކުރިން - 11:27