ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ކިޑްނެޕް ކޮށްގެން ގެންދާ މަންޒަރު ދައްކުވައިދޭ ފޮޓޯ އެއް ޢާންމު ކޮށްފިއެވެ.
ފޮޓޯގައި ފެންނަނީ އެމެރިކާ އަސްކަރިއްޔާގެ މަތިންދާބޯޓަކުން، މަދޫރޯ ބިޑިއަޅުވައިގެން ބާލައިގެން ގެންދާ މަންޒަރެވެ. މަދޫރޯގެ ދެއަތުގައި ދެފަރާތުން އެމެރިކާ ސިފައިންގެ ދެމީހަކު ހިފަހައްޓައިގެން ދާއިރު. ފަހަތުގައި އެމެރިކާ ސިފައިންގެ އިތުރު ދެމީހަކު ފެނެއެވެ.
ރޭ ފަތިހުގެ ވަގުތެއްގައި އެމެރިކާ އެއާފޯސްގެ މަތިންދާބޯޓުން މަދޫރޯ ބާލާފައި ވަނީ ކޮން ބޭސް އަކަށް ކަމެއް މިހާތަނަށް ނޭނގޭއިރު، ވެމެޒުއެލާގެ ނައިބު ރައީސް ވެސް މިއަދު ޤައުމާއި މުހާތަބު ކުރަމުން ވިދާޅުވީ ރައީސް މަދޫރޯ ގެންދިޔަ ތަނެއް އެނގިފައި ނުވާ ކަމަށެވެ.
އެމެރިކާ އިން މަދޫރޯ ހައްޔަރުކޮށްގެން ގެންދާނެކަން އެނގިފައިވާ ކަމަށް ކޮލަމްބިއާ އިން މިއަދު ބުންޏެވެ. އެ ޤައުމުން. ބުނީ އެ “މިޝަން” އެމެރިކާ އިން ހިންގާނީ ކޮން ދުވަހަކު ކަމެއް ކުރިން ނޭނގޭ ކަމަށެވެ.









