
ރައީސް ނިކޮލަސް މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލްޔާ ފްލޯރެސް
އެމެރިކާ ސިފައިން ވެނެޒުއެލާ އަށް ވަރަށް ވަރުގަދަޔަށް ޙަމަލާތަކެއް ދިނުމާއި އެކު އެ ޤައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލްޔާ ފްލޯރެސް “ގެއްލިއްޖެ” ކަމަށް ޚަބަރުތައް ބުނެފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލްމީޑިއާގައި ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާއަށް ޙަމަލާ ދިނުމަށްފަހު މާޑޫރޯ އާއި އޭނާގެ އަނބިކަނބަލުން އަތުލައިގަނެ، އެ ޤައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް މިކަން ރަސްމީ އިދާރާއަކުން އަދި ކަށަވަރެއް ނުކުރެއެވެ.
މިއަދު އެމެރިކާއިން ވެނެޒުއެލާގެ ވެރިރަށް ކަރަކާސް އަށް ދިން ވައިގެ ޙަމަލާތަކުގައި ބާރު ގަދަ ހަތް ގޮވުމެއްގެ އަޑު އިވުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކަރަކާސް، މިރަންޑާ، އަރަގުއާ، އަދި ލާ ގުއަރާ ފަދަ ބައެއް ސަރަޙައްދުތަކުގައިވާ އަސްކަރީ ތަންތަނަށް ވެސް އެމެރިކާ އިން ވަނީ ބޮން އަޅާފައެވެ.
އެމެރިކާ ސިފައިން މަދޫރޯ ވަގަށް ނަގައިގެން ގެންދިޔައީ ސީދާ ކޮން ތަނަކަށް ކަމެއް އަދި ސާފެއް ނުބެއެވެ.
ވެނެޒުއެލާގައި މިވަގުތު ވަނީ ކުއްލި ނުރައްކަލުގެ ޙަލަތު އިޢުލާން ކޮށްފައެވެ.
ވެނެޒުއެލާގައިވާ ތެލާއި ރަނާއި، ގޭހާއި އެކިއެކި ޤުދުރަތީ މުއްސަނދިކަމުގެ ބޭނުމުގައި އެމެރިކާއިން މަދޫރޯ ހައްޔަރުކުރަން އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ.









