ރަޝިއާގެ އިންޒާރާއެކު، ވެނެޒުއެލާއަށްދާ ތެޔޮޓޭންކަރާއި އެމެރިކާގެ ކޯސްޓްގާޑް ފެޔަށް ޖެހިއްޖެ

ހުސައިން އިސްމާއިލް | 22 ދުވަސް ކުރިން - 2 ޖެނުއަރީ 2026 17:05
އެމެރިކާގެ ކޯސްޓުގާޑުން ބެލާ1 ތެޔޮޓޭންކަރު ގަހަތުން ދިޔުން ހުއްޓައިލީ ރަޝިއާއިން އިންޒާފު ދިނުމުން.
އެމެރިކާގެ ކޯސްޓުގާޑުން ބެލާ1 ތެޔޮޓޭންކަރު ގަހަތުން ދިޔުން ހުއްޓައިލީ ރަޝިއާއިން އިންޒާފު ދިނުމުން.
ޚުލާސާ

ބެލާ1 ގެ ނަމުން ނަން ދީފައިވާ ތެޔޮޓޭންކަރުގެ ފަހަތުން ދަތުރުކުރި އެމެރިކާގެ ކޯސްޓުގާޑުން މިޝަން ހުއްޓައިލީ ރަޝިޔާގެ ދިދަ އޭގައި ޖަހައި ރަޝިޔާގެ ޙިމާޔަތް ދީފައިވާތީ

ވެނެޒުއެލާއާ ދިމާލަށް ދަތުރުކުރި، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ ބެލާ1 ގެ ފަހަތުން ނުދިއުމަށް ރަޝިޔާއިން އެމެރިކާ އަށް ރަސްމީކޮށް އިންޒާރު ދިނުމާއި އެކު އެމެރިކާގެ ކޯސްޓުގާޑުން ފަހަތަށް ޖެބިއްޖެއެވެ. ނިއުޔޯކް ޓައިމްސް އިން ބުނާ ގޮތުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި ވައިޓް ހައުސް ހޯމްލޭންޑް ސެކިއުރިޓީ ކައުންސިލަށް މޮސްކޯ ސަރުކާރުން ވަނީ ރަސްމީ ޑިޕްލޮމެޓިކް ނޯޓެއް ފޮނުވާފައެވެ.

އެޓްލާންޓިކް ކަނޑުގައި މިހާރު އޮތް އެ ޓޭންކަރަށް އެމެރިކާގެ ކޯސްޓްގާޑުން އަރަން މަސައްކަތް ކުރީ ވެނެޒުއެލާގެ ބަނދަރުތަކަށް ތެޔޮ ލޯޑް ކުރުމަށް ދަތުރުކުރި މި އުޅަނދަކީ ޤަވާޢިދާއި ޚިލާފަށް ދަތުރުކުރަމުންދާ އުޅަނދަކަށް ވާތީއެވެ.

ކުރިން އެ އުޅަނދުގައި އެއްވެސް ދިދައެއް ނެތެވެ. ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނު ބުނާ ގޮތުން ދިދައެއް ނެތްނަމަ ބޯޓަށް އެރޭނެއެވެ. ނަމަވެސް ފަހުން ރަޝިއާއިން ވަނީ އެ ޓޭންކަރަށް ޙިމާޔަތް ދީފައެވެ. އެއާއި އެކު އޭގައި މިހާރު ވަނީ ރަޝިއާގެ ދިދަ ކުރަހާފައެވެ.

ރަޝިއާގެ އިންޒާރާއި އެކު އެމެރިކާގެ ކޯސްޓްގާޑުން އޮޕަރޭޝަން ވަގުތީ ގޮތުން ހުއްޓާލި އިރު، ރައީސް ނިކޮލަސް މަޑޫރޯ އާއި ޕޫޓިން އާއި ދެމެދު ގާތް ގުޅުމެއް އޮވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%