މިރެއިން ފެށިގެން ރާއްޖޭގެ ހުރިހާ އެއާޕޯޓުތަކަށް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ: މިނިސްޓަރު އަމީން

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 14 ދުވަސް ކުރިން - 31 ޑިސެންބަރު 2025 00:09
ފުނަދޫ އެއާޕޯޓަށް ޖެއްސި މޯލްޑިވިއަންގެ ޓެސްޓް ފްލައިޓް--- ފޮޓޯ: އެކްސް (މިނިސްޓަރު އަމީން)
ފުނަދޫ އެއާޕޯޓަށް ޖެއްސި މޯލްޑިވިއަންގެ ޓެސްޓް ފްލައިޓް--- ފޮޓޯ: އެކްސް (މިނިސްޓަރު އަމީން)
ޚުލާސާ

މިނިސްޓަރު އަމީން މި މޭރުމުން ވިދާޅުވީ މޯލްޑިވިއަންގެ ޓެސްޓް ފްލައިޓެއް ފުނަދޫ އެއާޕޯޓުގައި މިރޭ ޖެއްސުމާއި ގުޅިގެން

މިރެއިން ފެށިގެން ރާއްޖޭގެ ހުރިހާ އެއާޕޯޓުތަކަށް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މި މޭރުމުން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ލިބުނު ދުވަހެއް ކަމަށެވެ.

މިނިސްޓަރު އަމީން މި މޭރުމުން ވިދާޅުވީ މޯލްޑިވިއަންގެ ޓެސްޓް ފްލައިޓެއް ށ. ފުނަދޫ އެއާޕޯޓުގައި މިރޭ ޖެއްސުމާއި ގުޅިގެންނެވެ. މިނިސްޓަރު ވިދާޅުވީ ފުނަދޫ އެއާޕޯޓުގައި ރޭގަނޑު ފްލައިޓު ޖެއްސުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް ނިމުމާއިއެކު ރާއްޖޭގެ ހުރިހާ ރަށަކަށް ރޭގަނޑު ދަތުރު ކުރެވޭނެ ކަމަށެވެ.

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، މިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވި މުހިންމު ގައުމީ އަމާޒެއް ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%