Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަންޑޭ 397 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

މަންޑޭ 397 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

މުހައްމަދު ޖަމްޝަތު
207 ދުވަސް ކުރިން - 31 ޑިސެންބަރު 2025 11:29
ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތުގައި. ކޭ ޕާކު އެޕާޓްމަންޓުތަކުގެ މައްސަލައިގައި އޭނާގެ މައްޗަށް 94 ދައުވާއެއް ވަނީ ސާބިތުވެފަ----
ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތުގައި. ކޭ ޕާކު އެޕާޓްމަންޓުތަކުގެ މައްސަލައިގައި އޭނާގެ މައްޗަށް 94 ދައުވާއެއް ވަނީ ސާބިތުވެފަ----
ޚުލާސާ

މަންޑޭގެ މައްޗަށް 94 ދައުވާއެއް ވަނީ ސާބިތުވެފަ. މީ ރާއްޖޭގައި މިހާތަނަށް އިއްވި އެންމެ ދިގު ޖަލު ހުކުމް

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ-ޕާކް ރެޒިޑެންސްގެ ފްލެޓުތަކުގެ މައްސަލައިގައި ދައުވާއުފުލި ހަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

ކޭ ޕާކު މައްސަލައިގައި ދައުލަތުން މަންޑޭގެ މައްޗަށް 104 ދައުވާއެއް ކުރިއެވެ. އޭގެ ތެރެއިން 94 ދައުވާ ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ. މަންޑޭގެ އިތުރުން އެ މައްސަލައިގައި ދެން ދައުވާ އުފުލި އޭނާގެ ޕާޓްނަރު، ޖައިޝާން ސައީދުގެ މައްޗަށް 86 ދައުވާ ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މަންޑޭގެ މައްޗަށް ސާބިތުވި ދައުވާތަކުގެ ތެރޭގައި ޓެކުމުގެ 46 ދައުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާއާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާ ހިމެނެއެވެ.

Advertisement

Advertisement 1

މިއަދު ކުރިއަށްދިޔަ ޝަރީއަތުގައި މަންޑޭ އަށް ޓެކުމުގެ 46 ދައުވާގައި، ކޮންމެ ދައުވާއެއްގައި އަށް އަހަރުގެ ޖަލު ހުކުމެއްގެ ރޭޓުން 368 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާގައި ޖުމްލަ 14 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމަކާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެއްގައި ދޮޅު އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

އޭގެ އިތުރުން ކޭޕާކުން ފްލެޓް ވިއްކަން ކަމަށް ބުނެ މަންޑޭ ފައިސާ ނެގި މީހުންނަށް އެ ފައިސާ އަނބުރާ ރައްދުކުރުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި މަނީ ލޯންޑްރިންގެ ކުށުގައި 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް އެފް.ޑަބްލިއު ރެޒިޑެންސް އިން މަމްދޫހު ގަނެފައިވާ އެޕާޓްމަންޓާއި، އެޕާޓްމަންޓާ ގުޅިފައިވާ ބޭސްމަންޓް ޕާކިން ސްލޮޓް ދައުލަތަށް ނެގުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

މި މައްސަލާގައި ދެން ހިމެނޭ މަންޑޭގެ ޕާޓްނަރު ޖައިޝާން ސައީދުގެ މައްޗަށް ސާބިތުވި 89 ދައުވާއާ ގުޅިގެން އޭނާއަށް 159 އަހަރުގެ ޖަލު ހުކުމެކެވެ. އެއީ ޓެކުމުގައި ބައިވެރިވުމުގެ 45 ދައުވާގައި 140 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާގައި 12 އަހަރުގެ ޖަލު ހުކުމަކާއި ގަސްތުގައި އޮޅުވާލުމަށް ސައްހަ ނޫން ލިޔުން ދިނުމުގެ ތިން ދައުވާއަށް އެއް އަހަރުގެ ޖަލު ހުކުމަކާއި މަނީ ލޯންޑްރިންއަށް އެހީވުމުގެ ކުށުގައި ފަސް އަހަރަށް ޖަލަށްލުމާއެކު ތިން ލައްކަ ރުފިޔާގެ ޖޫރިމަނާ އެކެވެ.

އެ ދެ މީހުން ޖަލަށްލުމުގެ އިތުރުން އެ މީހުން ފައިސާ ނެގި މީހުންނަށް އެ ފައިސާ ހަ މަސް ދުވަސް ތެރޭގައި އަނބުރާ ދިނުމަށް އެ ހުކުމުގައި އެ ދެ މީހުންނަށްވެސް ވަނީ އަމުރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

7 ދުވަސް ކުރިން - 19:54

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

7 ދުވަސް ކުރިން - 18:42

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

46 ދުވަސް ކުރިން - 11:09

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

73 ދުވަސް ކުރިން - 16:32

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެ މީހަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައ ދެމީހަކު 25އަހަރަށް ޖަލަށް!

73 ދުވަސް ކުރިން - 16:23

ޒާތީނުވެ، އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރުކުރެވޭނެ: ހީނާ

ޒާތީނުވެ، އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރުކުރެވޭނެ: ހީނާ

74 ދުވަސް ކުރިން - 00:06