ޔޫކްރޭނު ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ އެތައް މިލިއަން ބަޔަކު މަރުވެދާނެ: ޓްރަމްޕް

ހުސައިން އިސްމާއިލް | 27 ދުވަސް ކުރިން - 29 ޑިސެންބަރު 2025 08:21
އެމެރިކާހެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޔުކްރޭނުގެ ރައީސް ޒެލެންސްކީ
އެމެރިކާހެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޔުކްރޭނުގެ ރައީސް ޒެލެންސްކީ
ޚުލާސާ

މިހާތަނަށް 8 ހަނގުރާމަ ނިމުމަކަށް ގެނެސްފައިވާ ޓްރަމްޕް ވިދާޅުވީ، ޔުކްރޭނު ހަނގުރާމަ އަކީ އެންމެ އުނދަގޫ ހަނގުރާމަ ކަމަށް.

ރަޝިޔާ އާއި ޔޫކްރޭންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރާ މަޝްވަރާތައް މިހާރު އޮތީ "އެންމެ ފަހު މަރުހަލާގައި" ކަމަށާއި މަޝްވަރާތަކުން މިކަން ނުނިމިއްޖެނަމަ ހަނގުރާމަ ދިގުލައިގެން ގޮސް އިތުރު އެތައް މިލިއަން ބަޔަކު މަރުވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ރޭ އެމެރިކާގައި ޒެލެންސްކީ އާއި އެކު ބޭއްވި ބައްދަލުކުރެއްވުމަށް ފަހުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ.

ޓްރަމްޕް ވަނީ މިހާތަނަށް 8 ހަނގުރާމަ ނިމުމަކަށް ގެނެސްފައެވެ. އެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ޔުކްރޭނު ހަނގުރާމަ އަކީ އެންމެ އުނދަގޫ ހަނގުރާމަ ކަމަށެވެ.

ހަނގުރާމަ ހުއްޓުވުމަށް ވަކި ސުންގަޑިއެއް ގެންގުޅުއްވަންތޯ ނޫސްވެރިޔަކު ސުވާލު ކޮށްލުމުން ޓްރަމްޕް ވިދާޅުވީ، މި ހަނގުރާމަ ހުއްޓުވުމަށް ވަކި ސުންގަޑިއެއް ނެތް ކަމަށާއި އޭނާގެ "ސުންގަޑިއަކީ ހަނގުރާމަ ނިންމާލުން" ކަމަށެވެ.

ގާތްގަނޑަކަށް ހަތަރު އަހަރުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ރާވާފައިވާ ގޮތާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އަވަށްޓެރި ކެނެޑާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ޒެލެންސްކީ އެމެރިކާއަށް ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%