Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ޤަރުނުގެ މުނާޒަރާގެ މައްޗަށް ނަޒަރެއް

ޢަބްދުﷲ ޖުނައިދު
295 ދުވަސް ކުރިން - 28 ޑިސެންބަރު 2025 00:23
ޖާވޭދު އަޚްތަރު: މިދުވަސްވަރު އިންޑިއާގެ ނޫސްތަކުގައި މީނާއަށް ޖޯކު ޖެހުން ނޫން ކަމެއް ނެތް.
ޖާވޭދު އަޚްތަރު: މިދުވަސްވަރު އިންޑިއާގެ ނޫސްތަކުގައި މީނާއަށް ޖޯކު ޖެހުން ނޫން ކަމެއް ނެތް.
ޚުލާސާ

މިއީ ފަޟީލަތުއްޝައިޚް ޑރ.މުޙައްމަދު ޤުބާދު އަބޫބަކުރުގެ ލިޔުއްވުމެއް. މީގައި ވަނީ ބޮލީވުޑްގެ ޖާވޭދް އަޚްތަރު(84އ)، ކަލަކު ވޮޑިގެންނުވެއޭ ކިޔައި ކުރި ޑިބޭޓަށްފަހު ވެލި ކާން ޖެހުނު ވާހަކަ

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ވާހަކަލިޔުންތެރިޔާ އަދި ޝާޢިރު އަދި އެތިއިސްޓް މުލްޙިދު، ޖާވޭދު އަޚްތަރު(84އަހަރު) އިންޑިއާގެ ދީނީ ޔުނިވަރސިޓީ އެއް ކަމުގައިވާ ނަދްވަތުލް ޢުލަމާގެ ދަސްވެންޏެއް ކަމުގައިވާ މުފްތީ ޝަމާއިލް ނަދުވީ(28 އަހަރު) ގެ އަތުން ޑިބޭޓުން ބަލިވެ ވެލިކައިފިއެވެ. ޑިބޭޓު ގެ މައިގަނޑު ނަމަކީ، ނުވަތަ މައުޟޫޢަކީ، "ކަލަކު ވޮޑިގެންވޭތަ؟" މި މައުޟޫޢެވެ. 

ޖާވިދު އަޚުތަރަކީ، ކަލަކު ވޮޑިގެންނުވާ ކަމަށް ބުނުއްވާ މުލްޙިދެކެވެ. އެތައް އެތައް ބައްދަލުވުމެއް ގައި އޭނާ އަކީ، އެތިއިސްޓް މުލްޙިދެއް ކަމަށް ޖާވިދު އަޚްތަރު އިޢުތިރާފު ވެލައްވާފައިވެއެވެ. 

މި މުނާޒަރާ ނުވަތަ ޑިބޭޓް ބޭއްވިފައިވަނީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ. 

Advertisement

Advertisement 1

ކަލަކުވޮޑިގެންވާކަމަށް އިންކާރުކުރައްވާ ޖާވިދު އަޚްތަރު ވަނީ، ޒުވާން އިސްލާމީ އިލްމުވެރިޔާ މުފްތީ ޝަމާއީލް އަހުމަދު އަބްދުالله ނަދުވީ ގެ ވަރުގަދަ ޙުއްޖަތްތަކުގެ ކުރިމަތީގައި، ބަލިވެ އިނދަޖެހިފައެވެ.

84 އަހަރުގެ ޖާވޭދް އަޚްތަރު، 28 އަހަރުގެ މުފްތީ ޝަމާޢިލް ނަދްވީ އާއި އެކު ބަހުޘްގައި

މުނާޒަރާ ގެ ތަފްސީލުތަކަށް ބަލާއިރު، މުފްތީ ޝަމާއިލް ނަދުވީ ވަރަށް ގަބޫލުކުރެވޭ ގޮތަކަށް ކަލަކު ވޮޑިގެންވާ ކަން ކަށަވަރުކޮށްދޭ ޙުއްޖަތްތައް ހުށަހެޅުއްވިއެވެ. މުފުތީގެ މަންޠިޤީ ލޮޖިކަލް، ދަލީލުތަކުގެ ކުރިމަތީގައި ޖާވިދު އަޚްތަރުގެ އިޢުތިރާޒުތައް ބަލިކަށިވެ، އޭނާގެ ރައުޔު ދިފާޢު ކުރަން ނުކުޅެދުނެވެ. 

މުފުތީ ވިދާޅުވިއެވެ. މާތް الله "ހެވާއި" "ނުބައި" ދުނިޔޭގައި ލައްވާ، އިންސާނާއަށް ފްރީވިލް ނުވަތަ ފުރިހަމަ އިޚްތިޔާރު ދެއްވިއެވެ. އޭނާ ބޭނުންނަމަ، ނުބައި ގޮތް އިޚްތިޔާރުކުރަންވީއެވެ. ބޭނުންނަމަ، ރަނގަޅު ގޮތް އިޚްތިޔާރުކުރަންވީއެވެ. އިޚްތިޔާރު ދެއްވުމަކީ، އޭގެ ޒާތުގައި އިންސާނާ އަށް ދެއްވި ޝަރަފެކެވެ. 

ރަނގަޅު ގޮތް އިޚްތިޔާރުކޮށްފިނަމަ، ރިވޯޑް ނުވަތަ ސަވާބު ލިބޭނެއެވެ. ނުބައި ގޮތް އިޚްތިޔާރުކޮށްފިނަމަ، ހިސާބުބައްލަވާ ދުވަހު އަދަބު ލިބޭނެއެވެ. ކަލަކުވޮޑިގެންވާކަމަށް ގަބޫލުނުކުރާނަމަ، ނުވަތަ ހިސާބުބައްލަވާކަލަކު ވޮޑިގެންވާކަމަށް ގަބޫލުނުކުރާނަމަ، ރަނގަޅަށް އުޅުމުގެ ބޭނުމެއް ނުވިސްނެއެވެ. ރޭޕްކުރަންވީއެވެ. ގަތުލުކުރަންވީއެވެ. ވައްކަން ކުރަންވީއެވެ. ޕްރެކްޓިކަލް ދީނަށް އުޅޭ މުސްލިމުން ނުވަތަ ދީނަށް އުޅޭމީހުން މިކަންކަން ނުކުރަނީ ހިސާބު ބައްލަވާ އަދަބު ދެއްވާ ކަލާނގެ އަށް އީމާންވާތީއެވެ. 

ޖާވިދު އަޚްތަރު ގެ ދަލީލުތަކަކީ، އެމޯޝަނަލް ޖަޒުބާތީ ދަލީލުތަކެކެވެ. މިސާލަކަށް ދަންނަވާނަމަ، ޣައްޒާގައި ގަތުލުޢާންމު ހިންގާއިރު، ކަލަކު ވޮޑިގެންވާނަމަ، އެކަލާނގެ އެކަން މަނާ ނުކުރައްވަނީ ކީއްވެހެއްޔެވެ؟ މީގެ ޖަވާބު މުފުތީ ދެއްވީ އިސްވެ ދެންނެވި، ހެވަޔާއި ނުބައިގެ އިލާހީ ޤާނޫނުގެ އަލީގައެވެ. އާދެ! އެ އަނިޔާވެރިންނަށް ހިސާބު ބައްލަވާ ދުވަހު ހަރުކަށި އަދަބު ލިބޭނެއެވެ. މި ފަދައިންނެވެ. 

ޖާވީދު އަޚްތަރު ޖަވާބުގައި ވިދާޅުވަނީ، ހެވާއި ނުބައި ގެ މިންގަނޑު ކަނޑައަޅާނީ، މެޖޯރިޓީގެ ނިންމުމުންނެވެ. މުފްތީ ހަމަވަގުތުން ސުވާލުކުރެއްވިއެވެ. ރޭޕްކުރުމަކީ، ރަނގަޅުކަމެއް ކަމަށް މެޖޯރިޓީ ނިންމައިފިނަމަ، އެހެންވިއްޔާ އެކަން ރަނގަޅުވާނެތާއެވެ. އަދިވެސް މުފްތީ ވިދާޅުވިއެވެ. ދުނިޔޭގައި އުޅޭމީހުންގެ މެޖޯރިޓީ، ކަލަކު ނުވަތަ އިލާހަކު ވޮޑިގެންވާކަމަށް ގަބޫލުކުރެއެވެ. ތިބާ މެޖޯރިޓީ އާ ޚިލާފަށް ކަލަކުވޮޑިގެންވާކަން ޤަބޫލުނުކުރައްވަނީ ކީއްވެތޯއެވެ؟ 

ނަމަވެސް އިންޑިއާ ގެ ބައެއް ސެކިއުލާ މީޑިއާތައް މިވާހަކަތައް ގެނެސްދެނީ ޖާވިދު އަޚުތަރުގެ ތިލަފަތަށް ބުރަކޮށްފައެވެ. 

މާތް الله ވަޙީކުރެއްވިއެވެ. وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ( الإسراء: 81)

މާނައީ: "އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ."

މި ދުވަސްވަރު އިންޑިއާގެ މީސްމީޑިއާގެ މައިގަނޑު މައުޟޫޢަކީ، މި ޑިބޭޓުގެ މައުޟޫޢެވެ.

ބޮލީވުޑްދީންރިޕޯޯޓްޤުބާދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ޔަމަނުގެ ހާލަތު އިންތިހާއަށް ގޯސްވެ، ބޮޑު ކާރިސާއަކާ ދިމާއަށް!

ޔަމަނުގެ ހާލަތު އިންތިހާއަށް ގޯސްވެ، ބޮޑު ކާރިސާއަކާ ދިމާއަށް!

3 ދުވަސް ކުރިން - 15:00

މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

11 ދުވަސް ކުރިން - 13:19

ނާނާ ޕަޓެކަރް އުމުރުން 75 އަހަރުގައި ނިޔާވެއްޖެ

ނާނާ ޕަޓެކަރް އުމުރުން 75 އަހަރުގައި ނިޔާވެއްޖެ

11 ދުވަސް ކުރިން - 11:41

ރަސްމާލެއިން ބިން ދިނަސް ޕްރޮޕަޓީ އޮންނާނީ ދައުލަތުގެ މިލްކެއްގެ ގޮތުގައި

ރަސްމާލެއިން ބިން ދިނަސް ޕްރޮޕަޓީ އޮންނާނީ ދައުލަތުގެ މިލްކެއްގެ ގޮތުގައި

22 ދުވަސް ކުރިން - 14:25

ދިޝާއާއި ސުޝާންތުގެ މަރުގެ ފަހަތުގައި ވަނީ ކޮން ކަމެއް؟

ދިޝާއާއި ސުޝާންތުގެ މަރުގެ ފަހަތުގައި ވަނީ ކޮން ކަމެއް؟

27 ދުވަސް ކުރިން - 13:31

ސިޔާސީ ހަސަދައާއި ބަދަލުހިފުމުގެ ނޭދެވޭ ސަގާފަތް މިސަރުކާރުން ނިމުމަކަށް ގެންނަވައިފި

ސިޔާސީ ހަސަދައާއި ބަދަލުހިފުމުގެ ނޭދެވޭ ސަގާފަތް މިސަރުކާރުން ނިމުމަކަށް ގެންނަވައިފި

32 ދުވަސް ކުރިން - 10:56