Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މެކްސިކޯގެ މާފިޔާ 55 ލީޑަރުން ސިއްރުޔާތުގައި އެމެރިކާ އާއި ޙަވާލުކޮށްފި

މެކްސިކޯގެ މާފިޔާ 55 ލީޑަރުން ސިއްރުޔާތުގައި އެމެރިކާ އާއި ޙަވާލުކޮށްފި

ހުސައިން އިސްމާއިލް
213 ދުވަސް ކުރިން - 25 ޑިސެންބަރު 2025 10:25
މެކްސިކޯ ސިޓީގެ ބޭރުގައި އޮންނަ ޓޮލޫކާ އިންޓަނޭޝަނަލް އެއާޕޯޓުން މާފިއާ ލީޑަރުން އެމެރިކާ އަށް ގެންދަނީ. މިއީ ވަރަށް ސިއްރިޔާތުގައި ހިންގި އޮޕަރެޝަންތަކެއް.
މެކްސިކޯ ސިޓީގެ ބޭރުގައި އޮންނަ ޓޮލޫކާ އިންޓަނޭޝަނަލް އެއާޕޯޓުން މާފިއާ ލީޑަރުން އެމެރިކާ އަށް ގެންދަނީ. މިއީ ވަރަށް ސިއްރިޔާތުގައި ހިންގި އޮޕަރެޝަންތަކެއް.
ޚުލާސާ

މެކްސިކޯގައި ތިބެގެން ދުނިޔޭގެ ކަންކޮޅުތަކުގައި، ޚާއްޞަކޮށް އެމެރިކާގެ އެތެރޭގައި ޖަރިމާ ހިންގަމުންދިޔަ މާފިޔާގެ 55 ބޮހުން މެކްސިކޯއިން އެމެރިކާގެ ޖަލުތަކަށް ސިއްރިޔާތުގައި ބަދަލުކޮށްފި

މެކްސިކޯގައާއި ދުނިޔޭގެ އެތަންމިތަނުގައި ޖަރީމާތައް ހިންގަމުންދިޔަ މާފިޔާ 55 ލީޑަރަކު މެކްސިކޯ ސަރުކާރުން އެމެރިކާ އާއި ޙަވާލު ކޮށްފިއެވެ. މި މީހުން އެމެރިކާ އާއި ޙަވާލުކޮށްފައި ވަނީ ވަކިވަކިން ހިންގި އަސްކަރީ ދެއޮޕަރޭޝަނެއްގައި ވަރަށް ސިއްރިޔާތުގައެވެ.

ސަލާމަތީ މަސްދަރުތަކުން ބުނާ ގޮތުގައި މި އަހަރުގެ ކުރީކޮޅު މިދެންނެވި ހައްދުފަހަނައަޅާފައިވާ ކުށްވެރިންތައް އެމެރިކާ އަށް ގެންދިޔައީ އެމީހުން ގެންދާ ތަން އެ މީހުނަށް ވެސް ނާންގައި، އޮޅުވާލައިގެންނެވެ. މި މީހުންނަކީ އެމެރިކާ އަށް އެތައް ސަތޭކަ ޑުރަގު ޝިޕްމެންޓެއް ފޮނުވާފައިވާ އަދި އެމެރިކާގެ ޤާނޫނުން އެމީހުންނަށް އަދަބު ލިބެން ޖެހޭ ބަޔަކަށް ވާއިރު، މެކްސިކޯގެ ޤާނޫނުން ވެސް އެ މީހުން އެމެރިކާ އާއި ޙަވާލުކުމުގެ ހުރަހެއް ނެތް ބައެކެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ މީހުން މިހާރު ތިބީ “މެކްސިމަމް” ސެކިއުރިޓީ ފެޑެރަލް ޖަލުތަކުގައެވެ.

މެކްސިކޯ އިން އެމެރިކާ އާއި ހަވާލުކުރި ކުށްވެރިންގެ ތެރޭގައި ސިނަލޯއާ ކާޓޭލް، ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލް (ސީޖޭއެންޖީ)، އަދި ލޮސް ޒެޓާސް ފަދަ ބޮޑެތި ޖަރީމާ ހިންގުމުގައި ހައްދުންނައްޓާފައިވާ ކަމަށް ލޭބަލް ކުރެވިފައިވާ ކާޓެލް ހިންގާ މީހުން ހިމެނެއެވެ.

Advertisement

Advertisement 1

ނުރަސްމީ މަސްދަރަކުން ބުނާ ގޮތުގައި ސީޖޭއެންޖީގެ އެންމެ އިސް މީހާ ވެސް ހައްޔަރުކުރަން އެމެރިކާ އިން ދަނީ މަސައްކަތް ކުރަމުންނެވެ. އޭނާ ހުރި ތަން ބުނެދިން މީހަކަށް 15 މިލިއަން ޑޮލަރު ވަނީ ހުށަހަޅަފައެވެ. އެއީ އެލް މެންޗޯއެވެ. އޭނާ އަކީ 1992 ވަނަ އަހަރު މަގުމަތީގައި ހެރޮއިން ވިއްކަން އުޅުނު، ނަމަބެސް މިހާރު “ބޮސް”އެވެ.

މި މީހުންނަކީ ހަތިޔާރު ގެންގުޅުމާއި، ވިއްކުމާއި، ހަތިޔާރު ސުމަގްލް ކުރުމާއި، ކޮންޓްރެކްޓަށް މީހުން މަރައި ގެއްލުވައިލުމާއި، މަނީ ލޯންޑާކުރުމާއި ސައިބާ ކްރައިމްތަކާއި، މަސްތުވާތަކެތީގެ ވަގު ވިޔަފާރީން ފެށިގެން ގޮސް ނުބައިވެގެންވާ އެތައް ޖަރީމާތައް ހިންގާ ކަމަށް ލޭބަލް ކުރެވިފައިވާ ބޮޑެތި މުޖުރިމުންނެވެ. އޭގެ ތެރޭގައި 1985 ވަނަ އަހަރު އެމެރިކާގެ ޑީއީއޭގެ އެޖެންޓް އެންރިކޭ “ކިކީ” ކެމަރޭނާ މަރައިލުމުގެ ފަހަތުގައިވާ ކަމަށް ތުހުމަތު ކުރެވޭ ރަފައެލް ކާރޯ ކުއިންޓެރޯ އާއި މެކްސިކޯގެ ޖަލުތަކުގެ އެތެރެއިން ޖިނާއީ ނެޓްވޯކްތައް ހިންގަމުން ދިޔަ ކަމަށް ބުނާ ޒެޓާސްގެ ބޮސް ވެސް ހިމެނެއެވެ.

މި ދެންނެވި މާފިޔާ މީހުން އެމެރިކާ އާއި ޙަވާލު ނުކޮށްފިނަމަ މެކްސިކޯ އަށް އަދަބު ދޭނެ ކަމުގެ އިންޒާރު ވޮޝިންޓަނުން ވަނީ ދީފައިކަން ފާހަގަ ކުރެވެއެވެ.

މެކްސިކޯއެމެރިކާމާފިއާގޭންގު
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

18 ގަޑިއިރު ކުރިން - 20:07

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

11 ދުވަސް ކުރިން - 17:03

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

12 ދުވަސް ކުރިން - 01:08

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

15 ދުވަސް ކުރިން - 11:26

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ފައިނަލް މެޗުގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި

15 ދުވަސް ކުރިން - 01:27

އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

16 ދުވަސް ކުރިން - 06:41