އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ދާދި ދެންމެއަކު މެޑިޓަރޭނިއަން ކަނޑުން ތެޔޮ ޓޭންކަރެއް ހިފަހައްޓައިފިއެވެ. މިއީ މިމަހު އީރާނުން އަތުލައިގަތް ދެވަނަ ތެޔޮޓޭންކަރެވއ.
މީގެ ކުރިން އަތުލައިގަތީ ހަމިލިއަނަށް ވުރެ ގިނަ ލީޔަރުގެ ތެޔޮ ހިފައިގެން ދަތުރުކުރަމުން ދިޔަ ޓޭންކަރެކެވެ. އެ ޓޭންކަރަކީ ޑީސަލް ސްމަގްލް ކުރި ޓޭންކަރެއް ކަމަށާއި އޭގައި އިންޑިއާ، ލަންކާ އަދި ބަންގްލަދޭޝް ގެ ފަޅުވެރިން ތިބި ކަމަށް އީރާނުން ބުނެއެވެ.
މިފަހަރު އަތުލައިގަތް ޓޭންކަރާއި ބެހޭ އިތުރު މައުލޫމާތެއް އީރާނުން އަދި ހާމައެއް ނުކުރެއެވެ.
ނޮވެމްބަރު 30 ގައި ވެސް އީރާނުން ވަނީ ގާތްގަނޑަކަށް 350،000 ލީޓަރުގެ ތެލާއި އެކު ހުޅަނގާއި ގުޅުން އޮންނަ ކަމަށް ބެލެވޭ ޓޭންކަރެއް އަތުލައިގެންފައެވެ. އޮގަސްޓު މަހު ދެމިލިއަނަށް ވުރެ ގިނަ ލީޓަރުގެ ޑީސަލް ސުމަގުލްކުރި ޓޭންކަރެއް ވެސް އީރާނުން އަތުލައިގަތެވެ.









