ވައްކަމުގެ މައްސަލައެއްގައި ޒުވާނަކު ނޯތު ހާބަރުގެ މޫދަށް އެއްލާލައިފި އެވެ.
މިރޭ 07:30 ހާއިރު ހިނގި މި ހާދިސާގެ ވީޑިއޯ ޚުލާސާ އިން އާންމުކޮށްފައިވާއިރު، އެއީ ލާރީގެ މައްސަލައެއްގައިކަން އެ ވީޑިއޯގެ އަޑުން ސާފުވެ އެވެ.
އެ ވީޑިއޯގައި އަނިޔާ ލިބުނު ފަރާތުން އޭނާ ވައްކަން ނުކުރާ ކަމަށް ބުނެ އެވެ. ނަމަވެސް އޭނާ މޫދަށް ވައްޓާލުމަށް އެ ސަރަހައްދުގައި ތިބި މީހުން ހިތްވަރުދެމުންދިޔަ އެވެ. އޭނާ މޫދަށް ވައްޓާލާފައިވަނީ ބިންމައްޗަށް ވައްޓާލުމަށްފަހު މަގުމަތީގައި ކާއްތަމުން ގެންގޮސްގެންނެވެ.
އެ ސަރަހައްދުގައި ހުރި ބިދޭސީއަކު އޭނާގެ ފޯނު އެ ޒުވާނާ ވިއްކާލި ކަމަށް ތުހުމަތު ކުރެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ މިފަދަ މައްސަލައައެއް އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިނުވާ ކަމަށާއި، ނަމަވެސް އެކަން ފުލުހުންގެ ސަމާލުކަމަށް އައުމުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.






