މޯލްޑިވިއަން އިން މާލެ އާއި އޮސްޓްރޭލިއާގެ ވެރިރަށް މެލްބަންއާ ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.
އޮސްޓްރޭލިއާގެ ޓްރެވަލް ކޮމްޕެނީއެއް ކަމަށްވާ ލަގްޒަރީ އެސްކޭޕްސް އާއި މޯލްޑިވިއަންއާ ދެމެދު ހެދި ޕާޓްނާޝިޕް އެއްބަސްވުމެއްގެ ދަށުން އަންނަ އަހަރު މެއި މަހުގެ 17 ވަނަ ދުވަހުން ފެށިގެން މެދުނުކެނޑި ފުލައިޓުތަށް ފަށަން ވަނި ހަމަޖެހިފަ އެވެ.
މި ހިދުމަޓް ފެށުމާއެކު ފުރަތަމަ ފަހަރަށް ރާއްޖެއާ އޮސްޓްރޭލިއާ ދެމެދު ވައިގެ މަގުން ސީދާ ދަތުރުތައް ފެށިގެންދާނެ އެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ ހަފްތާއަކު އެއް ފުލައިޓު ދަތުރުކުރަން ވަނީ ހަމަޖެހިފަ އެވެ.
މިވަގުތު ރާއްޖެ އާއި އޮސްޓްރޭލިއާ ދެމެދު ދަތުރުތައް ކުރަނީ އެހެން ގައުމުތަކުގައި ޓްރާންސިޓް ވެގެންނެވެ. ސީދާ ދަތުރުތައް މެލްބަންއާ ދެމެދު ފެށުމާއެކު ރާއްޖޭގެ ޓޫރިޒަމަށް އޭގެ ހެޔޮ ބަދަލު އަންނާނެކަމަށް ވަނީ ބެލެވިފަ އެވެ. ރާއްޖެ އަށް މިއަހަރުގެ މިހާތަނަށް އޮސްޓްރޭލިއާގެ 40،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އެހެން ކަމުން އަންނަ އަހަރު މި އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ މި ޑައިރެކްޓް ރޫޓުން ފެނިގެންދަނީ ގައުމީ ފަތުރުވެރިކަމުގެ ކުރިއެރުމަށް އެހީތެރިވެދީގެން ބައިނަލްއަގުވާމީ ވަސީލަތްތައް ފުޅާކުރުމަށް އެ އެއާލައިނުން ކުރާ މަސައްކަތްތައް ކަމަށެވެ. އަދި އޮސްޓްރޭލިއާގެ ފަތުރުވެރިންނަކީ ރާއްޖއަށް ޝައުގުވެރިކަން ހުންނަ ބައެއްކަން ފާހަކުރައްވާ އިޔާސް ވިދާޅުވީ އަލަށް މި ފެށޭ ހިދުމަތާއެކު ދެގައުމުގެ ދިގުދެމިގެންދާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.
ލަގްޒަރީ އެސްކޭޕްސްގެ ކޯ ފައުންޑާ އަދި ސީއީއޯ ޝްވާބް ވިދާޅުވީ މމޯލްޑިވިއަންއާއެކު ގާއިމްކުރެވުނު ޕާޓްނާޝިޕަކީ އޮސްޓްރޭލިއާގެ ފަތުރުވެރިންގެ ޝައުގުވެރިކަމާ ގުޅިގެން ކުރިއަށްގެންދާ ކަމެއް ކަމަށާއި، ބުކިން ޑޭޓާތަކުން ދައްކާ ގޮތުގައި 2026 ވަނަ އަހަރު އެގައުމުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.
އެ ކުންފުނީގެ ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖެއަށް ހޮޓަލް ބުކިން 17 ޕަސެންޓް އިތުރުވެފައިވާއިރު، އެވްރެޖްކޮށް ފަސް ރޭ އާއި ހަ ރެއާ ދެމެދުގެ ވަގުތެއްގައި ތިބެ އެވެ. ޝްވާބް ވިދާޅުވީ ފްލައިޓް ޝެޑިއުލްތައް ފަރުމާކޮށްފައި ވަނީ އާދައިގެ ދަތުރުފަތުރުގެ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، ޒިޔާރަތްކުރާ ފަރާތްތަކަށް މަންޒިލުގައި ވަގުތު އެންމެ ފުރިހަމައަށް ހޭދަކުރެވޭނެ ކަމަށެވެ.
ލަގްޒަރީ އެސްކޭޕްސް އިން ލަފާކުރާ ގޮތުގައި އޮސްޓްރޭލިއާގެ ޓްރެވަލް ޕެކޭޖްތަކުގެ ދަށުން ރާއްޖެއަށް ދަތުރުކުރާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 20 ޕަސެންޓް މިހާރު ވެސް ޒިޔާރަތްކުރާއިރު، ސީދާ ދަތުރުތައް ތައާރަފްވުމުން މި އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މެލްބަން އެއާޕޯޓުގެ ސީއީއޯ ލޯރީ އާގަސް ވަނީ މި ނިންމުން ކާމިޔާބު ކަމެއް ގޮތުގައި ސިފަކުރައްވައި، ރާއްޖެއާ ސީދާ ގުޅުން އޮސްޓްރޭލިއާގެ ހަމައެކަނި އެއާޕޯޓަކަށް މެލްބަން ވާނެކަން ފާހަގަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ވަގުތު ކުޑަވުމާއި ނޮންސްޓޮޕް ހިދުމަތުގެ ސަބަބުން އިރުމަތީ އޮސްޓްރޭލިއާ އާއި ޓެސްމަނިއާ އިން މި ރޫޓަށް ވަރަށް ބޮޑަށް ޑިމާންޑް ބޮޑުވާނެ ކަމަށް އެއާޕޯޓުން ލަފާކުރާ ކަމަށެވެ.
އޮސްޓްރޭލިއާގައި 2013 ވަނަ އަހަރު އުފެދުނު ލަގްޒަރީ އެސްކޭޕްސް އަކީ ކިއުރެޓެޑް ޓްރެވަލް އެކްސްޕީރިއަންސް، އެކޮމޮޑޭޝަން، ފްލައިޓް، އަދި ހޮލިޑޭ ޕެކޭޖްތައް ފޯރުކޮށްދޭ ގްލޯބަލް ޓްރެވަލް ކުންފުންޏެކެވެ. ދުނިޔޭގެ އެތައް މިލިއަން މީހުން ތިބި މި ކުންފުންޏަކީ އޮސްޓްރޭލިއާ އިން ބޭރަށް ދަތުރުކުރުމުގައި ބޮޑު ދައުރެއް އަދާކުރާ ކުންފުންޏެކެވެ.






