ޓައިވާން މައްސަލައިގައި ޗައިނާ އާއި އެމެރިކާ އާއި ދެމެދު ކޯޅުންތައް ހިނގަމުން ދަނިކޮށް، 11 ބިލިއަން ޑޮލަރުގެ ހަތިޔާރު ޕެކޭޖެއް ޓައިވާނަށް ދިނުމަށް އެމެރިކާ އިން ފާސްކޮށްފިއެވެ. މިއީ ތާރީޚުގައި ވެސް ޓައިވާނަށް ދިނުމަށް އެމެރިކާގެ ޑިފެންސަ ސެކިއުރިޓީން މިހާތަނަށް ނިންމި އެންމެ ބޮޑު ހަތިޔާރު ޕެކޭޖެވެ. ނަމަވެސް މި ހަތިޔާރު އެމެރިކާއިން ޗައިނާ އަށް ވިއްކާނީ ކޮންގްރެސް އިން ފާސް ކުރުމަށް ފަހުގައެވެ.
ޓައިވާނަށް ހަތިޔާރު ނުވިއްކުމަށް ޗައިނާ އިން އެމެރިކާ އަށް އަންގާފައި ވަނިކޮށް ހެދި މި ޑީލްގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި ޑިފެންސް ސެކިއުރިޓީ ކޯޕަރޭޝަން އެޖެންސީން ނިންމާފައި ވަނީ ހިމާސް ރޮކެޓް ލޯންޗާސް އާއި އެންޓި ޓެންކް މިސައިލާއި ޑްރޯން ވެސް ޓައިވާނަށް ދިނުމަށެވެ.
އެމެރިކާއިން ޓައިވާނަށް ދޭން އުޅޭ މި ހަތިޔާރު ޕެކޭޖް އަދި މުޅީން ފައިނަލް ނުކުރި ނަމަވެސް އެ ޕްރޮސެސް ދަނީ ހަލުވިކަމާއި އެކު ކުރިއަށް ކަމަށް މަސްދަރުތަކުން ބުނެއެވެ. ސްޓޭޓް ޑިޕާޓްމަންޓާއި ޑިފެންސް ސެކިއުރިޓީ ކޯޕަރޭޝަން އެޖެންސީ މެދުވެރިކޮށް ވޮޝިންޓަނުން މިހާރު ވަނީ ޓައިވާނަށް ހަތިޔާރު ވިއްކުމަށް ހުށަހަޅާފައިވާކަން އެމެރިކާގެ ކޮންގްރެސްއަށް ރަސްމީކޮށް އަންގާފައެވެ. މި ޕެކޭޖް ހުއްޓުވައި، ނުވަތަ ލަސްކުރުމުގެ ނުވަތަ ބަދަލުކުރުމުގެ ޤާނޫނީ ބާރު ކޮންގްރެސްއަށް ލިބިގެން ވެއެވެ.






