Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ އަދިވެސް ނުފެނޭ.

ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ އަދިވެސް ނުފެނޭ.

މުޙައްމަދު ޖިނާން ހުސައިން ޖަބީން
215 ދުވަސް ކުރިން - 18 ޑިސެންބަރު 2025 13:51
އުކުޅަހުން ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ. މި މީހާ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި--- ފޮޓޯ: އުކުޅަހު ކައުންސިލް
އުކުޅަހުން ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ. މި މީހާ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި--- ފޮޓޯ: އުކުޅަހު ކައުންސިލް
ޚުލާސާ

ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާއަކީ ޗުއްޓީ ހޭދަކޮށްލުމަށް އެކަނި ރާއްޖެ އައިސް އުޅޭ ފަތުރުވެރިއެއް، އޭނާ ހުރީ އެ ރަށުގައި ހުންނަ "ލަ ޕަލްމާ ސޫޓްސް" ގެސްޓު ހައުސްގައި

އއ. އުކުޅަހުން ގެއްލިގެން ހޯދަމުންދާ ރަޝިޔާއަށް ނިސްބަތްވާ ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"ޚުލާސާ"އަށް މައުލޫމާތު ދެއްވަމުން ޝައުކަތު ވިދާޅުވީ، ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ކައުންސިލާއި ރަށުގެ ރައްޔިތުން ގުޅިގެން އިއްޔެ ވެސް ކޮށްފައިވާ ކަމަށް ޝައުކަތު ވިދާޅުވި އެވެ.

އެގޮތުން ކައުންސިލާއި ރަށުގެ ރައްޔިތުން ނުކުމު ރަށުގެ ބޮޑުބައެއް ބަލާފައިވާނެ ކަމަށާއި މީގެ އިތުރުން މޫދާއި ފަޅު އަދި ރަށާއި ކައިރި އެހެން ރަށްރަށްވެސް ޑްރޯން އަރުވައިގެން ބަލާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް މިހާތަނަށް ފަތުރުވެރިޔާ ފެނިފައިނުވާ ކަމަށް ޝައުކަތު ވިދާޅުވި އެވެ. ޝައުކަތު ވިދާޅުވި ގޮތުގައި އެ މީހާ ރަށުން ބޭރަށް ގޮސްފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ވެސް ކައުންސިލަށް ލިބިފައެއް ނުވެ އެވެ.

Advertisement

Advertisement 1

މިކަން، ކަމާ ގުޅުން ހުރި އިދާރާތަކަށް މިހާރު ހުށަހަޅާފައިވާނެ ކަމަށް ޝައުކަތު އިތުރަށް ވިދާޅުވި އެވެ.

ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާއަކީ ޗުއްޓީ ހޭދަކޮށްލުމަށް އެކަނި ރާއްޖެ އައިސް އުޅޭ ފަތުރުވެރިއެކެވެ. އެ މީހާ ހުރީ އެ ރަށުގައި ހުންނަ "ލަ ޕަލްމާ ސޫޓްސް" ނަމަކަށް ކިޔާ ގެސްޓު ހައުސްއެއްގަ އެވެ. އުކުޅަހު ކައުންސިލުން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ގެއްލުނު ފަތުރުވެރިޔާގެ ފޯނާއި އެހެނިހެން ބައެއް ތަކެތި އޭނާގެ ކޮޓަރީގައި ހުރި ކަމަށެވެ.

އުކުޅަހު ކައުންސިލުން އޭނާގެ ފޮޓޯއެއް އާންމުކޮށްފައިވީ ނަމަވެސް އޭނާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

އެހެން ނަމަވެސް އެ މީހާ ބެހޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ "ލަ ޕަލްމާ ސޫޓްސް"ގެ ނަންބަރު 9646363 އަށް ނުވަތަ އުކުޅަހު ޕޮލިހުގެ ނަމްބަރު 9553510 އަށް ގުޅައި އޭނާއާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް އުކުޅަހު ކައުންސިލުން ވަނީ އެދިފަ އެވެ.

އއ. އުކުޅަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އުކުޅަހުގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 74 އިންސައްތަ މަސައްކަތް ނިމިއްޖެ

އުކުޅަހުގެ މަގުތައް ހެދުމުގެ މަޝްރޫއުގެ %74 ނިމިއްޖެ

99 ދުވަސް ކުރިން - 22:09

ޒުވާނުން ނުކުމެ އުކުޅަސް ބަދަލުކޮށްފި

ޒުވާނުން ނުކުމެ އުކުޅަސް ބަދަލުކޮށްފި

108 ދުވަސް ކުރިން - 00:58

އުކުޅަހުން ރަޝިޔާގެ ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ

އުކުޅަހުން ރަޝިޔާގެ ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ

216 ދުވަސް ކުރިން - 16:56

ނަފްސާނީ ބަލި ހުންނަ މީހެއް, ބައްޕައަށް ހަމަލާ ދީފި

ނަފްސާނީ ބަލި ހުންނަ މީހެއް, ބައްޕައަށް ހަމަލާދީފި

323 ދުވަސް ކުރިން - 10:58

މޯލްޑިވްސް އިސްލާމިކް ޓުއަރިޒަމްގެ ގްލޯބަލް އެމްބެސެޑަރަކަށް ޗައިނާގެ ޝުޢައިބު

އިސްލާމިކް ޓުއަރިޒަމްގެ ގްލޯބަލް އެމްބެސެޑަރަކަށް ޗައިނާގެ ޝުޢައިބު

336 ދުވަސް ކުރިން - 14:22