އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ހަރުދަނާކުރުމަށް ކުންފުނިތަކަށް އަންގައިފި

އައިޝަތު ރުވާ ރިފްޢަތު | 6 ގަޑިއިރު ކުރިން - 16 ޑިސެންބަރު 2025 21:52
އެސްޓީއޯ ބިލްޑިން---ފޮޓޯ: ޚުލާސާ
އެސްޓީއޯ ބިލްޑިން---ފޮޓޯ: ޚުލާސާ
ޚުލާސާ

ޕީސީބީ އިން ވަނީ އެކަންކަމުގެ ތެރެއިން ބަދަލު ގެންނަންޖެހޭ ކަންތައްތައް ބަދަލު ކުރުމުގެ މަސައްކަތް 31 ޖަނަވަރީ 2026ގެ ކުރިން ނިންމުމަށް އަންގާފަwi.

އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަން ހަރުދަނާ ކުރުމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީ.ސީ.ބީ) އިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަންގައިފި އެވެ.

ޕީ.ސީ.ބީ އިން މިގޮތަށް ނިންމާފައިވަނީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަން ހަރުދަނާކުރުމާއި ބޭއްވި އެ ބޯޑުގެ 30 ވަނަ ޖަލްސާގަ އެވެ.

ބޯޑުން ނިންމާފައިވާ މުހިންމު ނިންމުންތަކުގެ ތެރޭގައި:

• ކުންފުނީގައި ރިސްކް މެނޭޖްމަންޓް ފަންކްޝަން އެކުލަވާލެވިފައިވާކަން ކަށަވަރުކުރުމަށާއި، އެ ގޮތަށް އެކުލަވާލެވިފައިނުވާނަމަ ވީ އެންމެ އަވަހަކަށް ރިސްކް މެނޭޖްމަންޓް ފަންކްޝަން އެކުލަވާލުމަށް އެންގުން.

• އިންޓާރނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަންގެ މަސައްކަތްތައް އަދާކުރުމަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަތުމަށް ނީޑް އެސެސްމަންޓް ހެދުން.

• ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިންގައި މި ބޯޑާއި ހިއްސާ ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޕްރޮކިއުމަންޓް ރިޕޯޓް، އެ ބޯޑުގެ އިތުރުން ކުންފުނީގެ އިންޓާރނަލް އޮޑިޓަށްވެސް ހިއްސާކުރާގޮތަށް ގައިޑްލައިން އިސްލާހުކޮށްފައިވާތީ، އެ ބަދަލާއި އެއްގޮތަށް ކުންފުނީގެ ފަރާތުން ކުންފުނީގެ އިންޓަރނަލް އޮޑިޓަށް، ޕްރިކިއުމަންޓް ރިޕޯޓް ގައިޑްލައިންގައިވާ ގޮތަށް ގަވައިދުން ހިއްސާ ކުރުމަށް އެންގުން.

• ކުންފުނިތަކުން ހިއްސާކުރަމުންދާ ކުއާޓާރލީ ފައިނޭންޝަލް ރިޕޯޓާއި، އަދި އެއާއި ގުޅޭ ލިޔެކިޔެންތައް، އެ ބޯޑަށް ހިއްސާކުރާއިރު ކުންފުނީގެ އިންޓާރނަލް އޮޑިޓަށްވެސް ހިއްސާކުރުމަށް އެންގުން.

• ޕީސީބީން ހިއްސާކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ ނަމޫނާ ހިންގާ ގަވައިދުގެ 41 ވަނަ މާއްދާގައިވާ ގޮތަށް ކުންފުނިތަކުގެ އޮޑިޓް ކޮމިޓީގެ ނަން 'އޮޑިޓް އަދި ރިސްކް ކޮމިޓީގެ ނަމަށް ބަދަލުކޮށްފައިވާކަން ކަށަވަރުކުރުމާއި، އެ ގޮތަށް އަމަލު ކޮށްފައިނުވާނަމަ ވީ އެންމެ އަވަހަކަށް މި ބަދަލުގެނައުމަށް އެންގުން.

• ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މި ބޯޑުން އަންގާ އެންގުންތަކާއި އުސޫލުތަކާއި ގައިޑްލައިންތަކަށް ކުންފުނިން އަމަލުކުރާވަރު ދެނެ ގަނެ، މަދުވެގެން އަހަރަކު އެއް ފަހަރު ކޮމްޕަލަޔަންސް އޮޑިޓް/ރިވިއުއެއް ހަދައި ކުންފުނީގެ ބޯޑަށް، ނުވަތަ ކަމާއި ބެހޭ ބޯޑުގެ ކޮމިޓީއަށް ކުންފުނީގެ އިންޓާރނަލް އޮޑިޓުން ހުށަހަޅައި، އިސްލާހުކުރަންޖެހޭ ކަންތައްތައްތަކާއި، އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތައް ހިމެނޭހެން ކުންފުނީގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ މެކޭނިޒަމްއެއް ކުންފުނީގެ އެތެރޭގައި ގާއިމުކުރުމަށް އެންގުން.

ޕީސީބީ އިން ވަނީ އެކަންކަމުގެ ތެރެއިން ބަދަލު ގެންނަންޖެހޭ ކަންތައްތައް ބަދަލު ކުރުމުގެ މަސައްކަތް 31 ޖަނަވަރީ 2026ގެ ކުރިން ނިންމުމަށް އަންގާފައެވެ. އަދި އިންޓާރނަލް އޮޑިޓް ހަރުދަނާކުރުމަށް "ޕްރޮއެކްޓިވް" ކޮށް ހިއްސާކުރުމަށް ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށް ކުންފުނީގެ ކަމާގުޅޭ އެހެނިހެން ޑިޕާޓްމަންޓްތަކަށް އެންގުމަށް ވެސް ކުންފުނިތަކަށް ވަނީ އަންގާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%