ބޮޑެތި ޑިސްކައުންޓުތަކާ އެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފި

މުހައްމަދު ޖަމްޝަތު | 12 ގަޑިއިރު ކުރިން - 15 ޑިސެންބަރު 2025 22:11
އެސްޓީއޯ ރަމަޟާން ބާޒާރު 2026 ފެށުމަށް ބޭއްވި ހަފްލާ---ފޮޓޯ:އެސްޓީއޯ
އެސްޓީއޯ ރަމަޟާން ބާޒާރު 2026 ފެށުމަށް ބޭއްވި ހަފްލާ---ފޮޓޯ:އެސްޓީއޯ
ޚުލާސާ

ޕްރޮމޯޝަނުގެ ގްރޭންޑް ޕްރައިޒް އަކަށް މިއަހަރުވެސް 100،000ރ ވަނީ ކަނޑައަޅާފަ

ކޮންމެ އަހަރުކުވެސް ރޯދަމަހަށް ހާއްސަކޮށް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށް ގެންދާ 'އެސްޓީއޯ ރަމަޒާން ބާޒާރު' ޕްރޮމޯޝަން މިރޭ ފަށައިފިއެވެ.

އެސްޓީއޯ ރަމަޟާން ބާޒާރު ރަސްމީކޮށް ފައްޓަވައިދެއްވީ އެޗްޑީސީގެ ޗެއާމަން އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރުއެވެ. މި ޕްރޮމޯޝަން ފެށުމަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ.

ރޯދަ މަހަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް އެސްޓީއޯގެ ވިޔަފާރި ސެގްމެންޓްތަކުން ހާއްސަ ސޭލްތަކާއި ޕްރޮމޯޝަންތަކެއް ރާވާ ކުރިއަށް ގެންދެއެވެ. މި އަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރު ކުރިއަށްދާނީ 18 މާޗު 2026 ގެ ނިޔަލަށެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުގެ ރަމަޒާން ބާޒާރުގައިވެސް ގިނަ ޕްރޮޑަކްޓްތަކަކުން އަގުހުރި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ. އެގޮތުން، ހޮވާލެވިފައިވާ ހޯމް އެޕްލަޔަންސް އައިޓަމްތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މީގެ އިތުރުން، 500ރ އިން މަތިން ވިޔަފާރި ކުރައްވާ ކޮންމެ ކަސްޓަމަރަކަށް ޑިޖިޓަލް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ހަފްތާއަކުވެސް މި ކޫޕަންތައް ލިބޭ ކަސްޓަމަރުންގެ ތެރެއިން އެއް ފަރާތަކަށް ވަރަށް ހާއްސަ ގިފްޓް ހެމްޕަރެއް ލިބިގެންދާނެއެވެ.

އަދި ޕްރޮމޯޝަން ނިމުމާއިއެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ކަމުގައިވާ 100،000ރ ގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ.

މިއަހަރުގެ ރަމަޒާން ބާޒާރު ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އަދި ރީޖަނަލްސްގެ 11 އައުޓްލެޓްގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯއިން ބުނިގޮތުގައި މި ޕްރޮމޯޝަނަކީ ރޯދަމަހަށް ހާއްސަކޮށްގެން އާންމުންގެ ގެތަކަށް ބޭނުންވާ ކޮލިޓީ ހިފާ ގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި ބައްލަވައިގަތުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%