ގަލްފް އޮފް އޮމާން ކައިރިން ބޭރުގެ ދިދަ ޖަހާފައިވާ ހަމިލިއަނަށް ވުރެ ގިނަ ލީޔަރުގެ ތެޔޮ ހިފައިގެން ދަތުރުކުރަމުން ދިޔަ ޓޭންކަރެއް 18 ފަޅުވެރިންނާއި އެކު އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިއްޔެ އަތުލައިގެންފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނީ އެ ޓޭންކަރަކީ ޑީސަލް ސްމަގްލް ކުރި ޓޭންކަރެއް ކަމަށާއި އޭގައި އިންޑިއާ، ލަންކާ އަދި ބަންގްލަދޭޝް ގެ ފަޅުވެރިން ތިބި ކަމަށެވެ.
އެއީ ކޮން ޤައުމަކަށް ދަތުރުކުރި، އަދި ކޮން ޤައުމެއްގެ ޓޭންކަރެއް ކަމެއް އީރާނުން ހާމަ ނުކުރާއިރު، ޑީސަލް ބަރުކުރުމުގެ ޞައްޚަ ޑޮކިއުމެންޓެއް ނެތް ކަމަށް ވެސް އީރާނުން ބުންޏެވެ.
އީރާނުން މި ތެޔޮ ޓޭންކަރު ހިފެހެއްޓިއިރު އެމެރިކާ އިން ވަނީ ވެނެޒުއެލާގެ ތެޔޮޓޭންކަރެއްވެސް މި ފަހުން ހިފަހައްޓާފައެވެ މިއީ މިހާތަނަށް އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ ޢަދަދަކަށް ތެޔޮ ބަރުކޮށްފައިވާ ޓޭންކަރެވެ.
ނޮވެމްބަރު 30 ގައި ވެސް އީރާނުން ވަނީ ގާތްގަނޑަކަށް 350،000 ލީޓަރުގެ ތެލާއި އެކު ހުޅަނގާއި ގުޅުން އޮންނަ ކަމަށް ބެލެވޭ ޓޭންކަރެއް އަތުލައިގެންފައެވެ. އޮގަސްޓު މަހު ދެމިލިއަނަށް ވުރެ ގިނަ ލީޓަރުގެ ޑީސަލް ސުމަގުލްކުރި ޓޭންކަރެއް އަތުލައިގަތެވެ.
ފާއިތުވި ތިންމަސް ދުވަހުގެ ތެރޭގައި އީރާނުން ވަނީ ގަލްފް އޮފް އޮމާން އަދި ހަރްމުޒް އިން މަދުވެގެން ތިން ޓޭންކަރެއް އަތުލައިގަނެފައި ކަމަށް ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.









