ފިހިގެން އަނިޔާވި ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެ

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 11 ޑިސެންބަރު 2025 09:11
ކުއްލި ޚަބަރު: ފިހިގެން އަނިޔާވި ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެ
ކުއްލި ޚަބަރު: ފިހިގެން އަނިޔާވި ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެ
ޚުލާސާ

ނިޔާވި މުވައްޒަފަކީ, ސްޓެލްކޯގެ ސްޕަވައިޒަރު އަޙްމަދު އަޒުމީލް

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން މިދިޔަ މަހު ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި އަނިޔާވި ސްޓެލްކޯ ސްޕަވައިޒަރު އަޙްމަދު އަޒުމީލް ތައިލެންޑުގައި (43އ) ނިޔާވެއްޖެއެވެ.

އޭނާ އަށް އަނިޔާވި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު މެންދުރުފަހު 12:00 ހާއިރު، ހުޅުމާލޭ ބާ އިންޖިނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް އަލިފާން ރޯވެގެންނެވެ.

އަޒްމީލްގެ ހަށިގަނޑުގެ އެކި ތަންތަން ފިހިފައިވާ ކަމަށް އޭރު ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރިއެވެ. އެއަށްފަހު ދެން ގެންދިޔައީ ތައިލެންޑަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%