Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބީއެމްއެލް އިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

ބީއެމްއެލް އިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
272 ދުވަސް ކުރިން - 11 ޑިސެންބަރު 2025 06:32
ބީއެމްއެލްގެ ވިސާ އިންފިނިޓް ކާޑް.
ބީއެމްއެލްގެ ވިސާ އިންފިނިޓް ކާޑް.
ޚުލާސާ

މި ކާޑާއެކު 2،000 އަށްވުރެ ގިނަ ޕްރިމިއާ ލައުންޖުތަކަށް އެކްސެސް ލިބޭނެ.

ބޭންކް އޮފް މޯލްޑިވްސް އިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑާއެކު ރާއްޖެއަށް ފުރަތަމަ ފަހަރަށް މެޓަލް ކާޑެއް ތައާރަފްކޮށްފި އެވެ.

ވިސާ އިންފިނިޓް ކާޑަކީ ވީއައިޕީ ލެވެލްގައި ދުނިޔޭގެ ފެންވަރުގެ ހިދުމަތް ލިބޭނެ ކާޑެކެވެ. މި ކާޑާއެކު މަތީ ފަންތީގެ އަދި އީޖާދީ ޕޭމަންޓްގެ ހައްލު ގެނެސްދޭ ބޭންކަކަށް ބީއެމްއެލް ވެގެންދާނެ އެވެ.

މި ކާޑާއެކު 2،000 އަށްވުރެ ގިނަ ޕްރިމިއާ ލައުންޖުތަކަށް އެކްސެސް ލިބި، ޕްރިއޯރިޓީ ރިޒަވޭޝަން ހިދުމަތްތަކާއި، ޝެފް ޓޭބަލް އިވެންޓުތަކާއި އާޓް ޝޯވް އަދި ކޮންސާޓް ތަކަށް ހާއްސަ އެކްސެސް ލިބުމާއި، ހިލޭ ގޯލްފް ކުޅެން ލިބުމާއި ސްޕާގެ އެންމެ ފުރިހަމަ ހިދުމަތްތަކާއި އެލީޓް ކުލަބުގެ މެމްބާޝިޕް ލިބިގެންދާނެ އެވެ.

Advertisement

Advertisement 1

މީގެ އިތުރުން މުނިފޫހިފިލުވުމުގެ ގޮތުން ޕްރިމިއާ ސަބްސްކްރިޕްޝަންތަކާއެކު ފުޑް ޑެލިވަރީ އާއި އެންމެ ކުރިއަރާފައިވާ އާޓިފިޝަލް އިންޓަލިޖެންސް އެޕްލިކޭޝަންތަކުގެ ހިދުމަތްތަކާއެކު ޑިޖިޓަލް ހިދުމަތްތައް ވެސް މި ކާޑާއެކު ލިބިގެންދާނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ މިފަދަ ކާޑެއް ކަސްޓަމަރުންނަށް ފޯރުކޮށްދެވުމަކީ ލިބޭ ފަހުރެއް ކަމަށާއި މި ކާޑާއެކު ހާއްސަ އެކްސްކްލޫސިވް ފައިދާތަކާއެކު ލަގްޒަރީ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ.

ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ވިސާ ކާޑު އެންމެ ފުރަތަމަ 2002 ވަނަ އަހަރު ރާއްޖެއަށް ތައާރަފްކުރީ ވެސް ބީއެމްއެލް އިންނެވެ. ނިމިދޔަ އަހަރު ބީއެމްއެލް އިން ވަނީ ރާއްޖެއަށް ވިސާ ޝަރީއާ ކޮމްޕްލަޔަންޓް ވިސާ ކްރެޑިޓް ކާޑެއް ވަނީ ތައާރަފް ކޮށްފަ އެވެ. މީގެ އިތުރުން ވިސާ ކްލެސިކް ގޯލްޑް، ޕްލެޓިނަމް ވިސާ ކްރެޑިޓް ކާޑް، ކްލެސިކް ޑެބިޓް އަދި ޕްލެޓިނަމް ކާޑުތައް ވެސް ބީއެމްއެލް އިން އަންނަނީ ދޫކުރަމުންނެވެ.

ބީއެމްއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

16 ދުވަސް ކުރިން - 14:50

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

22 ދުވަސް ކުރިން - 08:48

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބޭންކް އޮފް މޯލްޑިވްސްއިން އިރުޝާދު ދީފި

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބީއެމްއެލްއިން އިރުޝާދު ދީފި

26 ދުވަސް ކުރިން - 20:27

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

33 ދުވަސް ކުރިން - 14:26

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

36 ދުވަސް ކުރިން - 13:46

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

40 ދުވަސް ކުރިން - 19:04