ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ސޮބާހް އައްޔަނުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 3 ގަޑިއިރު ކުރިން - 10 ޑިސެންބަރު 2025 06:33
ޑެޕިއުޓީ ސުޕަރިޓެންޑެންޓް އޮފް ޕްރިޒަންސް އަހްމަދު ސޮބާހް---
ޑެޕިއުޓީ ސުޕަރިޓެންޑެންޓް އޮފް ޕްރިޒަންސް އަހްމަދު ސޮބާހް---
ޚުލާސާ

ސޮބާހަކީ ކަރެކްޝަންސްގެ ދާއިރާގައި 21 އަހަރުގެ ތަޖުރިބާހުރި މީހެއް. އޭނާ އެ މަގާމަށް އައްޔަނުކުރެއްވީ އެ މަގާމުގައި ހުންނެވި އިބްރާހިމް މުހައްމަދު ދީދީ ރިޓަޔާ ކުރެއްވުމާ ގުޅިގެން.

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ޑެޕިއުޓީ ސުޕަރިޓެންޑެންޓް އޮފް ޕްރިޒަންސް އަހްމަދު ސޮބާހް އައްޔަނުކޮށްފި އެވެ.

ކަރެކްޝަންސްގެ ދާއިރާގައި 21 އަހަރުގެ ތަޖުރިބާހުރި ސޮބާހް އެ މަގާމަށް އައްޔަނުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

އެ މަގާމަށް އައްޔަނުކުރުމުން ކަރެކްޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސޮބާހް އާއެކު ކަރެކްޝަންސްގެ މަސައްކަތްތައް އެހެން އުސްމިންތަކަކަށް ދާތަން ދެކެން ބޭނުންވާ ކަމަށެވެ.

މިދިޔަ މަހު 9 އިން 13 އަށް ސައުތު ކޮރެއާގައި ބޭއްވި 43 ވަނަ އޭޝިއަން އެންޑް ޕެސިފިކް ކޮންފަރެންސް އޮފް ކަރެކްޝަނަލް އެޑްމިނިސްޓްރޭޝަން (އޭޕީސީސީއޭ) ގައި ސޮބާހު ވަނީ ބައިވެރިވެ އެ ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލާފަ އެވެ.

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް މުހައްމަދު ދީދީ ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އޭނާ ރިޓަޔާ ކުރައްވާފައިވަނީ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%