ޒެލެންސްކީ ދަތުރުކުރަމުން ދިޔަ ފުލައިޓަށް ޙަމަލާ ދޭން އުޅެފި

ޢަބްދުﷲ ޖުނައިދު | 47 ދުވަސް ކުރިން - 8 ޑިސެންބަރު 2025 00:57
ކުއްލި ޚަބަރު: ޒެލެންސްކީ ދަތުރުކުރަމުން ދިޔަ ފުލައިޓު ކައިރިން ގޮތް ނޭނގޭ ޑްރޯންތަކެއް
ކުއްލި ޚަބަރު: ޒެލެންސްކީ ދަތުރުކުރަމުން ދިޔަ ފުލައިޓު ކައިރިން ގޮތް ނޭނގޭ ޑްރޯންތަކެއް
ޚުލާސާ

އަޔަލޭންޑަށް ޒެލެންސްކީ ވަޑައިގެންނެވިއިރު ފުލައިޓް ދަތުރުކުރަމުންދިޔަ ރޫޓުން ގޮތް ނޭނގޭ ޑްރޯންތަކެއް ޑިޓެކްޓް ވި

ޔުކްރޭނުގެ ރައީސަް ވޮލޮޑޮމީރް ޒެލެންސްކީ ދަތުރުކުރަމުން ދިޔަ ފުލައިޓަށް ޙަމަލާ ދޭން އުޅެފި ކަމަށް ޒެލެންސްކީ މިރޭ ތުހުމަތު ކުރައްވައިފިއެވެ. އޭނާ ވިދާޅުވީ އަޔަލޭންޑަށް ވަޑައިގެންނެވިއިރު ފުލައިޓް ދަތުރުކުރަމުންދިޔަ ރޫޓުން ގޮތް ނޭނގޭ ޑްރޯންތަކެއް ޑިޓެކްޓް ވި ކަމަށާއި، އަޔަލެންޑާއި ގުޅިގެން މިހާރު އެކަން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ހުސްވި ހަފްތާގައި އަޔަލޭންޑަށް ވަޑައިގެންނެވި ޒެލެންސްކީ ދަތުރުކުރައްވާ މަގުތައް ރަޝިޔާ އާއި އެކު ހަނގަމުންދާ ހަނގުރާމަ އާއި ގުޅިގެން އަބަދުވެސް ސިއްރު ކުރެއެވެ. އެއީ ރަޝިއާ އިން ދީފާނެ ޙަމަލާ އަކުން ސަލާމަތް ވުމަށް ޓަކައެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި ފަސްޑުރޯނެއް ޒެލެންސްކީ ދަތުރުކުރައްވަމުން ގެންދެވި މަތިންދާބޯޓާއި ކުރިމަތިލާން މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ފަހުން އެ ޑްރޯންތައް ވަނީ ގެއްލިފައި ކަމަށް ޔުކްރޭން މަސްދަރުތަކުން ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%