މަސައްކަތުގެ ދުވެލި އަވަސްކޮށް ރަސްމާލެއިން 215 ހެކްޓަރުގެ ބިން ހިއްކައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 18 ގަޑިއިރު ކުރިން - 8 ޑިސެންބަރު 2025 01:51
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅަށް ނިންމާލެވޭނެ ކަމަށް ރައިސް މުއިއްޒު މީގެކުރިން ވަނީ ވިދާޅުވެފަ--- ފޮޓޯ: ޚުލާސާ
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅަށް ނިންމާލެވޭނެ ކަމަށް ރައިސް މުއިއްޒު މީގެކުރިން ވަނީ ވިދާޅުވެފަ--- ފޮޓޯ: ޚުލާސާ
ޚުލާސާ

ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ރާއްޖެ އައިސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ މި މަހުގެ ފުރުތަމަ ދުވަހު

ހަލުވިކަމާއެކު ކުރިއަށްދާ ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް ޖުމުލަ 215 ހެކްޓަރުގެ ބިން ހިއްކައިފި ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ ލަކްސަމްބާގުގެ "ކްރިސްޓޯބަލް ކޮލޯން" ރާއްޖެ އައިސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ މި މަހުގެ ފުރުތަމަ ދުވަހުގައެވެ. މި ޑްރެޖަރު ގެނެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށުމާއި އެކު މި މަޝްރޫއުގެ މަސައްކަތުގެ ސްޕީޑް މިހާރުވަނީ ތިންގުނަ ހަލުވި ވެފައެވެ.

ރަސްމާލޭ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރަސްމާލޭގެ އިތުރުން ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ވެސް އަންނަނީ ބާރު ސްޕީޑުގައި ކުރިއަށެވެ. އެގޮތުން މިހާތަނަށް ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިމެނޭ ސަރަހައްދުން 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކައި ނިންމާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ރަސްމާލެ އާއި ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ އިތުރުން ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރު ތިލަފަޅު ވެސް މި ސަރުކާރުން އަންނަނީ ހިއްކަމުންނެވެ މި ތަންތަން. ހިއްކައި ނިމެމުންދާ ވަރަކަށް މި ސަރަހައްދުތަކުން ގޯތި ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%