Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓު ވަގަށްނެގި މައްސަލައިގައި ސީނިއާ ސާޖަންޓަކު ހައްޔަރުކޮށްފި

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓު ވަގަށްނެގި މައްސަލައިގައި ސީނިއާ ސާޖަންޓަކު ހައްޔަރުކޮށްފި

މުހައްމަދު ޖަމްޝަތު
184 ދުވަސް ކުރިން - 8 ޑިސެންބަރު 2025 21:42
ވިލިމާލެ ޕޮލިސްސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހަކު މަގުމަތީގައި ފޯރިމަރަނީ---ފޮޓޯ:ވިލިމާލެ ޕޮލިސް
ވިލިމާލެ ޕޮލިސްސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހަކު މަގުމަތީގައި ފޯރިމަރަނީ---ފޮޓޯ:ވިލިމާލެ ޕޮލިސް
ޚުލާސާ

ހައްޔަރުކުރި ފުލުސް ސާޖަންޓް މިހާރު ވަނީ ސަސްޕެންޑްކޮށްފަ. ފުލުހުން ބުނީ އިންޓެގްރިޓީ ކޮމިޝަނާއި ގުޅިގެން މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް

ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ވަގަށްނެގި މައްސަލައިގައި ޕޮލިސް ސީނިއާ ސާޖަންޓަކު ހައްޔަރުކޮށްފި އެވެ. 

މި މައްސަލަ ފެންމަތިވީ ނިމިދިޔަ ނޮވެމްބަރުގައެވެ. މިމައްސަލައިގެ މައުލޫމާތު ހާމަކޮށް ފުލުހުން ބުނީ މިތަކެއްޗަކީ، ވަގަށް އެތެރެކޮށްފައިވާކަމުގެ ތުހުމަތުގައި ބިދޭސީއެއްގެ އަތުން މިއަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ނެގި ސިނގިރޭޓުތަކެއް ކަމަށެވެ. ބިދޭސީ މީހާ އަތުން އަތުލައިގަތް 32 ކާޓަން ސިނގިރޭޓު ވިލިމާލޭ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުއްޓާ އޭގެތެރެއިމް 6 ކާޓަން މަދުވެފައިވާކަމަށް ބުންޏެވެ. މިތަކެތި މަދުވިކަން އެނގުނީ މިތަކެތި ކަސްޓަމްސްއާއި ހަވާލުކުރުމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު ބެލުމުންނެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 25 ކާޓަން ސިނގިރޭޓު ގެއްލިފައިވާކަންވެސް ވަނީ އެނގިފައެވެ.

Advertisement

Advertisement 1

ފުލުހުން ބުނީ ވިލިމާލެ ޕޮލިސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު މަދުވެފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. ދިގުރަށް/ ޝަބުނަމީގެ، މުނައްވަރު އާދަަމް (39އ) ކަމަށެވެ. މުނައްވަރު އާދަމް އަކީ ފުލުހުންގެ ސީނިއާ ސާޖަންޓް ރޭންކުގައި ހުރި މުވައްޒަފެކެވެ. މައްސަލައާ ގުޅިގެން އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ.

ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްސިނގިރޭޓް
Ad
Ad

ގުޅޭ ޚަބަރުތައް

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

2 ގަޑިއިރު ކުރިން - 10:10

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

2 ދުވަސް ކުރިން - 17:20

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

8 ދުވަސް ކުރިން - 07:07

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

9 ދުވަސް ކުރިން - 09:50

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

10 ދުވަސް ކުރިން - 01:55

ބަދުއަހުލާގީ އަމަލުތަކެއް ހިންގި ށ. ގޮއިދޫ އިމާމު ވަޒީފާއިން ވަކިކޮށްފި

ބަދުއަހުލާގީ އަމަލުތަކެއް ހިންގި ށ. ގޮއިދޫ އިމާމު ވަޒީފާއިން ވަކިކޮށްފި

10 ދުވަސް ކުރިން - 00:06

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%