އިސްރާއީލުގެ ހައްދުފަހަނަ އެޅި ނުބައި ނުލަފާ ޝައިޠާނީ ލޭއޮހޮރުވުންތަކުގައި ޣައްޒާގެ އެތައް ބަޔަކު ޝަހީދުކޮށްލައި ޢުމްރާނީ ވަޞީލަތްތައް މުޅިން ސުންނާފަތި ކޮށްލާފައި ވާއިރު، އެ ތަންތަން އަލުން ތަރައްޤީ ކުރުމަށް ފައިސާ ދީ، ޣައްޒާ އަލުން ބިނާކުރުމަށް އެހީ ނުވާނެ ޤަޠަރުގެ އަމީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލް ޘާނީ ވިދާޅުވެއްޖެއެވެ.
ދޯހާ ފޯރަމުގައި އެމެރިކާގެ ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ޝެއިޚް މުޙައްމަދު ފާހަގަކުރެއްވި ގޮތުގައި ޤަޠަރުން އެއްވެސް އިރަކު އިސްރާއީލާއި ދެކޮޅަށް ޙަމަލާ ދިނުމަށް ޙަމާސް އަށް އެއްވެސް މިންވަރަކަށް އެހީތެރި ނުވާއިރު، އިސްރާއީލުން ފަލަސްޠީނުގެ ތަންތަން ހަލާކު ކޮށްލާ އިރަށް އެ ތަންތަން މަރާމާތު ކުރުމަށް ޤަޠަރުން ފައިސާ ނުދޭނެ ކަމަށެވެ. ނަމަވެސް، ފަލަސްޠީނުގެ ރައްޔިތުންނަށް ޤަޠަރުން އެހީ ވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
"ޤަޠަރުން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީ ވާނެ، އެމީހުންގެ ތަކުލީފު ލުއިކޮށްދެމުން ގެންދާނެ، އެކަމަކު އެހެން މީހުން ހަލާކު ކޮށްލާ އެއްޗެއް އަލުން ބިނާ ކުރާނީ އަޅުގަނޑުމެންނެއް ނޫން،" އަމީރު ވިދާޅުވިއެވެ.






