އޮކްޓޯބަރު މަހު ސޮއި ކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ޚިލާފަށް ތައިލެންޑުން ކެމްބޯޑިއާ އަށް ވައިގެ ޙަމަލާތައް ދީފިއެވެ. ޖުލައި މަހު ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ވަރުގަދަ ޙަމަލާތައް ހުއްޓުވައިލީ އެމެެިކާ ތަދައްޚުލް ވުމާއި ގުޅިގެންނެވެ. ނަމަވެސް، އަލުން ޙަމަލާ ދިނުމާއި އެކު އެއްބަސްވުން މިހާރު މިވަނީ ނިމުމަކަށް އައިސްފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކެމްބޯޑިއާ އިން ދިން ޙަމަލާއެއްގައި ތައިލެންޑް ސިފައިންގެ މީހަކު މަރުވެ ދެމީހަކު ޒަޚަމްވެފައިވާކަން ތައިލެންޑް އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އެކަމުގެ ރައްދުގައި ތައިލެންޑުން ވަނީ ބަދަލު ހިފުމުގެ ހަމަލާތައް ދީފައެވެ.
ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރު މައްސަލަތައް ފެށިފައިވަނީ، 1962 ވަނަ އަހަރު ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުން ޕްރެއާ ވިހެއާ ފައްޅި ކެމްބޯޑިއާ އަށް ނިސްބަތްކޮށް ނިންމި ނިންމުމަކާއި ގުޅިގެންނެވެ. ނަމަވެސް އެ ނިންމުމުގައި އޭގެ ވަށައިގެންވާ ސަރަޙައްދު ސާފުކޮށް ކަނޑައަޅާފައި ނުވެއެވެ. 2008، 2011 އަދި 2008-2013 ބޯޑަރު މައްސަލައިގައި ދިމާވި ކުރިމަތިލުންތަކުގައި ވެސް ގިނަ ބަޔަކު މަރުވެފައި ވެއެވެ.






