Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސީރިއާއިން 300،000މީހުން ވަގަށް ނަގާފައިވޭ، އަދިވެސް ނުފެނޭ

ސީރިއާއިން 300،000މީހުން ވަގަށް ނަގާފައިވޭ، އަދިވެސް ނުފެނޭ

ޢަބްދުﷲ ޖުނައިދު
230 ދުވަސް ކުރިން - 8 ޑިސެންބަރު 2025 00:06
އަސަދުގެ ވެރިކަމުގައި ވަޅުލި ކަމަށް ބެލެވޭ ގިނަބަޔެއްގެ ގަބުރުތައް ތިބި ކައްވަޅަކުން  ހަށިތައް ނަގަނީ
އަސަދުގެ ވެރިކަމުގައި ވަޅުލި ކަމަށް ބެލެވޭ ގިނަބަޔެއްގެ ގަބުރުތައް ތިބި ކައްވަޅަކުން ހަށިތައް ނަގަނީ
ޚުލާސާ

ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި މިދިޔަ އަހަރާއި ހަމަޔަށް ސީރިއާގެ 500،000 އާއި 620،000 އާއި ދެމެދުގެ ޢަދަދަކަށް މީހުންނަށް ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުގައި ހިންގި ހަމަނުޖެހުންތަކުގައި 2011 އިން ފެށިގެން 2024 އާއި ހަމަޔަށް އެ ޤައުމުގެ އިންޓެލިޖެންސުންނާއި މިލިޝިއާތަކުން 300,000އެއްހާ މީހުން ވަގަށް ނެގި އިރު، އެ މީހުން އަދިވެސް ނުފެންނަ ކަމަށާއި، އައު ސަރުކާރަށް 1 އަހަރު ވީ އިރު އިންސާފު ވެސް ހޯދައި ނުދެވުނު ކަމަށް ބުނެ ސީރިއާގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އަސަދުގެ ޢާއިލާގެ ވެރިކަން ނިމުނުތާ އެއް އަހަރު ވުމުގެ މުނާސަބަތުގައި ސީރިއާގެ ޙަމާ ސިޓީގައި އުފާ ފާޅުކުރަމުންދާއިރު، ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި މިދިޔަ އަހަރާއި ހަމަޔަށް ސީރިއާގެ 500,000 އާއި 620,000 އާއި ދެމެދުގެ ޢަދަދަކަށް މީހުންނަށް ވީނުވީއެއް ނޭނގެއެވެ. ޙަމާ ސިޓީ އަކީ އަސަދުގެ ބައްޕަގެ ވެރިކަމުގައި ބޮން އަޅައި އެތައް ހާސް ބަޔަކު މަރާލާފައިވާ ސިޓީ އެކެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުން ހޯދުމަށް ސީރިއާގެ މިހާރުގެ ރައީސް އަޙްމަދު އަލް-ޝަރާޢުގެ ސަރުކާރުން އުފައްދާފައިވާ ނޭޝަނަލް ކޮމިޝަން އޮން މިސިންގ ޕާސަންސް އިން ބުނީ އަސަދުގެ ވެެރިކަމުގައި ބައެއް މީހުން ޖަލުތަކުގެ ތެރޭގައި ވެސް މަރާލުމަށް ފަހު ވަޅުލާފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށާއި ނުވަތަ ގިނަ ޢަދަދެއްގެ ބަޔަކު މަރައިލުމަށް ފަހު ވަޅެއް ކޮނެ، ވަޅުލާފައިވާ ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

Advertisement

Advertisement 1

އަސަދުގެ ސަރުކާރުން ހިންގި ޖަރީމާތައް ބަލާނެ ކަމަށް ސީރިއާގެ މިހާރުގެ ސަރުކާރުން ބުނި ކަމުގައި ވިޔަސް، އެއްއަހަރު ވީއިރު އިންސާފު ހޯދައިދީފައި ނުވާތީވެ، ޢާންމުންގެ ޝަކުވާތަކަށް ޖަވާބު ދެމުން ނޭޝަނަލް ކޮމިޝަން އޮން މިސިންގ ޕާސަންސް އިން ބުނީ އެ ކޮމިޝަނުގެ މަސައްކަތްތައް ލަސް ވަނީ ވަރަށް ގިނަ ފޮރިންސިކް ޓެސްޓުތައް ހެދުމަށް ލެބޯޓަރީތައް ބޭނުންވާތީ އާއި އެތައް މިލިއަން ރެކޯޑްތަކެއް އެއްކުރަން ޖެހޭތީއެވެ.

ސީރިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިޒްބުﷲ އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ސޫރިޔާ ސިފައިން ލުބްނާނަށް ނުވަންނާނެ: ރައީސް އަލްޝަރާ

ހިޒްބުﷲ އާ ދެކޮޅަށް ސޫރިޔާ ސިފައިން ލުބްނާނަށް ނުވަންނާނެ: އަލްޝަރާ

34 ދުވަސް ކުރިން - 10:13

ސީރިއާގައި ހުރި ކެމިކަލް ހަތިޔާރުތައް ނައްތާލުމަށް ކެނެޑާއިން 5 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

ސީރިއާގައިވާ ކެމިކަލްހަތިޔާރުތައް ނައްތާލުމަށް ކެނެޑާއިން 5މިލިއަން ޑޮލަރުދީފި

94 ދުވަސް ކުރިން - 07:55

އެމެރިކާ އިން ހިފި ސީރިއާގެ ހުރިހާ ތަނެއް އަނބުރާ ސީރިއާގެ ސަރުކާރުން ހޯދައިފި

އެމެރިކާއިން ހިފި ސީރިއާގެ ބިންތައް ދިމިޝްޤުން ހޯދައިފި

99 ދުވަސް ކުރިން - 08:28

ޢަރަބީންގެ ވައިގެ ސަރަޙައްދު ހުޅުވަން ފަށައިފި

ޢަރަބީންގެ ވައިގެ ސަރަޙައްދު ހުޅުވަން ފަށައިފި

108 ދުވަސް ކުރިން - 11:02

ޓްރަމްޕް ސަރުކާރުން ސޫރިޔާގެ ރައްޔިތުންނަށް ދީފައިވާ ހިމާޔަތް ނިމުމަކަށް ގެނައުމަށް ސުޕްރީމް ކޯޓުގައި އެދިއްޖެ

ސޫރިޔާގެ ރައްޔިތުންނަށް ދީފައިވާ ހިމާޔަތް ނިމުމަކަށް ގެންނަނީ

149 ދުވަސް ކުރިން - 05:08

އިސްރާއީލުން މެދުއިރުމަތި އެއްކޮށް ހިފިއްޔާ ރަނގަޅީ- އެމެރިކާގެ ސަފީރު

ރަނގަޅީ އިސްރާއީލުން މުޅި މެދުއިރުމަތި ހިފީމަ: އެމެރިކާ

154 ދުވަސް ކުރިން - 10:57