Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބެލިސްޓިކް މިސައިލުގައި އެމެރިކާ އަށްވުރެ ކުރީގައި އޮތީ އީރާން

ބެލިސްޓިކް މިސައިލުގައި އެމެރިކާ އަށްވުރެ ކުރީގައި އޮތީ އީރާން

ޢަބްދުﷲ ޖުނައިދު
277 ދުވަސް ކުރިން - 6 ޑިސެންބަރު 2025 15:08
އީރާނުގެ މިސައިލްތަކުގެ ނުރައްކާ ބޮޑުކަމުން މެދުއިރުމަތީގައި އެމެރިކާ އަށް ބޭނުން ސަކަރާތެއް ނުޖެހޭ
އީރާނުގެ މިސައިލްތަކުގެ ނުރައްކާ ބޮޑުކަމުން މެދުއިރުމަތީގައި އެމެރިކާ އަށް ބޭނުން ސަކަރާތެއް ނުޖެހޭ
ޚުލާސާ

އެމެރިކާއަށް ވުރެ ގިނައިން ބެލިސްޓިކް މިސައިލް ތައްޔާރުކޮށް އީރާނުން އެ ޤައުމުގެ ސަރަޙައްދީ އަސްކަރީ ބާރު ވަރުގަދަ ކޮށްފި

އެކި ފަންތީގެ ބެލިސްޓިކް މިސައިލްތައް ތަރައްޤީ ކޮށް އެމެރިކާ އަށް ވުރެ އީރާނުން، ބެލިސްޓިކް މިސައިލުގައި ކުރި ހޯދައި ޙަމަލާ ދިނުމުގެ ޤާބިލްކަމުގައި ކުރިއެރުން ހޯދައިފި ކަމަށް އެނަލިސްޓުން ބުނެފިއެވެ. ދުނިޔޭގެ ސުޕަ ޕަވަރުގެ ގޮތުގައި ދަޢުވާ ކުރަމުންދާ އެމެރިކާ އަށް ވުރެ ސަރަޙައްދީ ގޮތުން ނުފޫޒު ވަރުގަދައީ ވެސް އީރާނެވެ.

އީރާނުގެ “ޚައިބަރު” ބެލިސްޓިކް މިސައިލް: 2000 ކ.މ.އަށް ދަތުރުކުރާ މި މިސައިލުން ދެޓަނެއްހާ ގޮވާތަކެތި އުފުލާއިރު އީރާނުން ވަނީ މި މިސައިލް މިހާރު އަޕްގްރޭޑް ކޮށްފަ.

Advertisement

Advertisement 1

އީރާނުން އެތައް ހާސް ބެލިސްޓިކް މިސައިލެއް ކޮންޓްރޯލް ކުރާ އިރު، އެމެރިކާއިން، ބަރޯސާ ވެފައި ވަނީ ދުރު ރާސްތާގެ ބާރުގަދަ ހަތިޔާރާއި، މަތިންދާބޯޓުތަކާއި، ކަނޑުގެ ޤާބިލްކަން ވަރުގަދަކޮށް ޤަލްފުގައި ބާރު ހޯދުމަށެވެ.

އެހެންނަމަވެސް މުޅި ޤަލްފު ވަށައިގެންވާ ކޮންމެ ދިމާލަކަށް ވެސް އިތުބާރާއި އެކު ޙަމަލާ ދިނުމުގެ ޤާބިލްކަން އީރާނަށް ލިބިގެން ވެއެވެ. އަނެއްކޮޅުން އީރާނުގެ މިސައިލްގެ ބާރާއި އެއްވަރަށް ޑްރޯން އާއި ސަރަޙައްދީ މިލިޝިއާގެ ބާރު ވެސް ގަދައެވެ. ހުޅަނގުން އެންމެ ޖެހިލުންވާ މެދުއިރުމަތީގެ އެންމެ ފުޅާ މިލިޝިއާ ނެޓްވޯކު ވެސް ކޮންޓުރޯލް ކުރަނީ އީރާނުންނެވެ. އޭގެތެރޭގައި ލުބުނާން، ޣިރާޤް، ސީރިއާ، ޔަމަން، އަދި ޣައްޒާ ހިމެނެއެވެ. އެމެރިކާގެ ނުފޫޒު ހިނގާ ޣައްޒާގައިވާ މިލިޝިއާގެ ލީޑަރާއި އޭނާގެ ނައިބު ވެސް އީރާނުގެ ކޮންޓްރޯލް އޮންނަ ޙަމާސް އިން ވަނީ މަރާލާފައެވެ. މިއީ ހައްތާ ވެސް އީރާނުގެ ކުރިމަތީގައި އެމެރިކާ އަށް ކުރިމަތިވާ ގޮންޖެހުންތަކެވެ.

ތެހެރާނުގެ ކުރިއަރަމުން އަންނަ ޑްރޯން ޕްރޮގްރާމަކީ ޚުދު އެމެރިކާ ވެސް ސިއްސުވައިލި ޕްރޮގުރާމެކެވެ. ޚާއްޞަކޮށް ޝާހިދު މަރުކާގެ ސުއިސައިޑް ޑްރޯން ޓެކްނޮލޮޖީއެވެ. އެމެރިކާއިން މިހާރު ވަނީ އެ ޓެކްނޮލޮޖީ ނަކަލަކަށް ބަލައިގެން ލޫކަސް ނަމަކަށް ކިޔާ ޑްރޯނެއް ތައްޔާރުކޮށްފައެވެ. ނަމަވެސް މިއީ ތެހެރާނުގެ ޑްރޯނުން ގޮއްވާލާ ގޮއްވުންތަކަށް ވުރެ، ގޮއްވައިލުމުގެ ބާރު ދެރަ ޑްރޯނެކެވެ.

އެމެރިކާގެ ކަނޑުގެ އަސްކަރީ މަނަވަރު: ޤަލްފުގެ ކޮންޓްރޯލް އެމެރިކާއަށް ނުނެގިގެން އުޅެނީ އީރާނުގެ ކުޅަދާނަކަމުން

އީރާނާއި ކުރިމަތިލުމަށް އެމެރިކާއިން ކަނޑުގެ އަސްކަރިއްޔާ ވަރުގަދަކޮށް، އަސްކަރީ ހަތިޔާރާއި އެކު މަނަވަރުތަކުގައި ގަލްފުގައި މުގޯލި އަޅަން މަސައްކަތް ކުރާއިރު، ޚޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓުރޯލް އޮތީ އީރާނުގައި ކަމަށް ވުމުން މިއީ ވެސް އެމެރިކާ އަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.

އެމެރިކާގައި ނިއުކްލިއާ ޤާބިލުކަން ހުއްޓަސް، ކިތަންމެ ވަރަކަށް ޖާސޫސީ ނެޓްވޯކްތަކާއި ގުޅިފައި އޮތަސް، މެދުއިރުމަތީގެ ކޮންޓްރޯލް ނެގުމަށް އެމެރިކާ އަށް ނުކުޅެދިފައިވަނީ ވެސް އީރާނުގެ ސަބަބުންނެވެ. ޚާއްޞަކޮށް އީރާނުގެ މިލިޝިއާ ނެޓްވޯކާއި ޑްރޯނާއި މިސައިލް ޓެކްނޮލޮޖީއެވެ.

މެދުއިރުމަތިއީރާން - އެމެރިކާ
Advertisement
Advertisement

2 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

އަލީ

277 ދުވަސް ކުރިން - 18:20

الله ކުޅަދުންވަންތަކަން

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

11 ގަޑިއިރު ކުރިން - 12:02

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

3 ދުވަސް ކުރިން - 20:35

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

7 ދުވަސް ކުރިން - 04:34

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

7 ދުވަސް ކުރިން - 02:42

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

9 ދުވަސް ކުރިން - 07:21

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

11 ދުވަސް ކުރިން - 23:23