Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނޭޓޯގައި އެމެރިކާގެ ޒިންމާ މަދުކޮށްލަނީ

ނޭޓޯގައި އެމެރިކާގެ ޒިންމާ މަދުކޮށްލަނީ

ޢަބްދުﷲ ޖުނައިދު
187 ދުވަސް ކުރިން - 6 ޑިސެންބަރު 2025 05:31
ނޭޓޯގެ ފަރިތަކުރުންތަކެއްގެ ތެރެއިން:
ނޭޓޯގެ ފަރިތަކުރުންތަކެއްގެ ތެރެއިން:
ޚުލާސާ

2027 އަށް ފަހު ނޭޓޯގެ ޑިފެންސާއި ބެހޭ އެންމެހައި ކަންކަމުގެ ފުރިހަމަ ޒިންމާ ނަގަން އެމެރިކާ އިން ޔޫރަޕަށް އަންގައިފި. އެމެރިކާއިން ބުނީ ތިމަންނަމެންނަށް ޑިޕެންޑް ނުވުމަށް

ނޭޓޯގެ އިންޓެލިޖެންސްގެ ކަންތައްތަކާއި، މިސައިލް ޑިފެންސާއި އަދި ނޭޓޯގެ ޑިފެންސާއި ބެހޭ އެންމެހާ ކަމެއް ވެސް 2027 އަށް ފަހު ބަލަހައްޓަން ޖެހޭނީ ޔޫރަޕުން ކަމަށާއި، އެމެރިކާ އަށް ޑިޕެންޑް ވެގެން ނުހުރުމަށް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ނޭޓޯގެ ޔޫރަޕުގެ މެންބަރު ޤައުމުތަކަށް އަންގައިފިއެވެ.

ޔޫރަޕާއި އުތުރު އެމެރިކާގެ ޤައުމުތައް ހިމެނޭހެން ޖުމްލަ 32 މެމްބަރު ޤައުމު ނޭޓޯގައި ވެއެވެ. މީގެތެރެއިން ނިއުކްލިއާ ހަތިޔާރު އުފެއްސުމުގެ ޤާބިލްކަން ހުރީ އެމެރިކާ، ފްރާންސް އަދި އިނގިރޭސިވިލާތް މި ތިންޤައުމުގައި ކަމުގައި ވިޔަސް ނޭޓޯގެ އެހެން މެންބަރު ޤައުމުތަކާއި މިތަކެތި ހިއްސާ ކުރެއެވެ.

ސަލާމަތީ ކަންކަމުގައި ނޭޓޯގެ ޤައުމުތަކުން އެމެރިކާ އަށް ޑިޕެންޑް ނުވުމަށް އެންގިއިރު، އެ އިއްތިހާދަށް މިހާރު ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. ނޭޓޯ އަށް ޔުކްރޭން ވެއްދިޔަ ނުދިނުމަށް ރަޝިޔާ ފެށި ހަނގުރާމަ އާއި އެކު ނޭޓޯގެ މެމްބަރުން އެންމެ ފަހުން އެއްބަސްވީ ޖީޑީޕީގެ %5 އަށް ޑިފެންސް ބަޖެޓް ވެސް މަތިކުރުމަށެވެ.

Advertisement

Advertisement 1

މުޙައްލިލުން ބުނާ ގޮތުގައި މިހާ ކުރު މުއްދަތެއްގެ ތެރޭގައި ޔޫރަޕަށް އެމީހުންގެ ޤާބިލްކަން އިތުރުކުރާނެ ވަޞީލަތްތަކެއް ނެތެވެ.

އެހެންކަމުން މިއީ ފަހަރުގައި ޔޫރަޕު ލައްވައި އެމެރިކާގައި ހުރި އިތުރު ހަތިޔާރާއި ސާމާނާއި ޓެކްނޮލޮޖީތައް ގަތުން މަޖުބޫރުކުރުވައިގެން ނޭޓޯގެ ބާރު އިތުރަށް ވަރުގަދަ ކުރުމަށް ކުރާ ކަމެއް ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނުވަތަ އެމެރިކާ އިން ވެނެޒުއެލާ އާއި އީރާނު ސަރަޙައްދަށް ބޮޑަށް. ފޯކަސް ކުރާތީވެ ބުނި އެއްޗަކަށް ވެސް ވެދާނެއެވެ،

ކޮންމެޔަކަސް، މިއީ، 2027 ވަނަ އަހަރުގެ ނިޔަލަށް ޔޫރަޕަށް އެ މީހުންގެ ޤާބިލްކަން ފުރިހަމަ ނުކުރެވިއްޖެނަމަ، ނޭޓޯގެ ޑިފެންސާއި ގުޅުން ހުރި މަޢުލޫމާތު ހިއްސާކުރުމުގެ މުހިންމު ބައެއް މަސައްކަތްތަކުން އެމެރިކާ ވަކިވެދާނެ ކަމުގެ އިޝާރާތެކެވެ.

ނޭޓޯއެމެރިކާޔޫރަޕް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ؛ ޝަކީރާވެސް ފެންނާނެ

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ

21 ގަޑިއިރު ކުރިން - 11:23

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

1 ދުވަސް ކުރިން - 10:24

އެމެރިކާއިން އީރާނަށް ވިސާ ދިނީ މެކްސިކޯގައި ބޭސް ވެގެން ތިބުމަށް މަޖުބޫރުކޮށްފަ

ވިސާ ދިނީ އީރާން ޓީމް މެކްސިކޯގައި ބޭސްވެގެން ތިބުމަށް މަޖުބޫރުކޮށްފަ

3 ދުވަސް ކުރިން - 09:14

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

6 ދުވަސް ކުރިން - 11:09

ކެލިފޯނިއާގައި މީހުން ރަހީނުކުރި މީހަކު އެފް.ބީ.އައި އިން ބަޑިޖަހައި މަރާލައިފި

ކެލިފޯނިއާގައި މީހުން ރަހީނުކުރި މީހަކު އެފް.ބީ.އައި އިން ބަޑިޖަހައި މަރާލައިފި

7 ދުވަސް ކުރިން - 22:13

ވޯލްޑް ކަޕް ބާއްވާ ސްޓޭޑިއަމްތަކުގެ ތަފްސީލް ހާމަކޮށްފި

ވޯލްޑް ކަޕް ބާއްވާ ސްޓޭޑިއަމްތަކުގެ ތަފްސީލް ހާމަކޮށްފި

7 ދުވަސް ކުރިން - 21:03