Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އައްޑޫ ސިޓީން ހައްޔަރުކުރެވުނު މަސްތުވާތަކެތި ނެޓްވޯކުގެ އިސްވެރިންގެ ވަނަވަރުތައް ހާމަކޮށްފި

އައްޑޫ ސިޓީން ހައްޔަރުކުރެވުނު މަސްތުވާތަކެތި ނެޓްވޯކުގެ އިސްވެރިންގެ ވަނަވަރުތައް ހާމަކޮށްފި

އައިޝަތު ރުވާ ރިފްޢަތު
233 ދުވަސް ކުރިން - 5 ޑިސެންބަރު 2025 01:18
މަސްތުވާތަކެތި ނެޓްވޯކުގައި ހިމެނޭ އިސްވެރިންގެ ވަނަވަރުތައް.
މަސްތުވާތަކެތި ނެޓްވޯކުގައި ހިމެނޭ އިސްވެރިންގެ ވަނަވަރުތައް.
ޚުލާސާ

މި ނެޓްވޯކުން ހައްޔަރުކުރެވުނު އިސްވެރިންނަކީ އަލީ ނަދީމް، ހާފިޡު ފައުޒީ، އިބްރާހިމް ސިރާޖް، ހަސަން އަލްފާފް އަދި އަމީން މުހައްމަދު.

އައްޑޫ ސިޓީ އިން ހައްޔަރުކުރެވުނު މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ބޮޑު ނެޓްވޯކެއްގެ އިސްފަރާތްތަކުގެ ވަނަވަރުތައް ފުލުހުން ހާމަކޮށްފި އެވެ.

މި ނެޓްވޯކުން ހައްޔަރުކުރެވުނު އިސްވެރިންނަކީ؛

  1. އަލީ ނަދީމް (30އ)، ސ. ހިތަދޫ / ކޮންމުލި
  2. ހާފިޡު ފައުޒީ (31އ)، ސ. ހިތަދޫ / ފަލާހް
  3. އިބްރާހިމް ސިރާޖް (43އ). ސ. ހިތަދޫ / ވެޔޮފެހެބުރުގެ
  4. ހަސަން އަލްފާފް (28އ)، ސ. ހިތަދޫ / ދޮރުފޮތިމާގެ
  5. އަމީން މުހައްމަދު (23އ)، ސ. ހިތަދޫ / ކެކުރިމާގެ

މަސްތުވާތަކެއްޗާ ދެކޮޅަށް "އޮޕަރޭޝަން އަލިމަގު" މި ޝިއާރުގެ ދަށުން ފުލުހުން އައްޑޫ ސިޓީން މި ފަރާތްތައް ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

Advertisement

Advertisement 1

ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލީ ނަދީމާއި ހާފިޡު ފައުޒީ އަދި އިބްރާހިމް ސިރާޖުގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި ހަސަން އަލްފާފް އާއި އަމީން މުހައްމަދުގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ނެޓްވޯކުގެ އިސްފަރާތްތަކަށް އަމާޒުކޮށްގެން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ އިންވެސްޓިގޭޝަން އެ އިދާރާއިން ފަށާފައިވަނީ މިއަހަރުގެ މާޗު މަހުން ފެށިގެން ކަމަށެވެ.

މި ނެޓްވޯކުގެ ތެރެއިން 2017 ވަނަ އަހަރުން ފެށީގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާކަން ފުލުހުންނަށް އެއްކުރެވުނު މައުލޫމާތުގެ އެހީގައި ހޯދިފައޮވާ ކަމަށާއި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި މި ނެޓްވޯކުގެ އިސް ހަތަރު މީހެއްގެ އެކައުންޓުގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ދައުރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެ އެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ދޭން ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކަނޑައަޅާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ގޮތުގައި އޮންނަ 25 އަހަރުގެ އަދަބު އުވާލައި، އެ މީހަކު މަރުވަންދެން ޖަލުގައި ހުންނަން ޖެހޭ ގޮތަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލިހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

މަސްތުވާތަކެތިމޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްތުވާތަކެއްޗާއި އެކު މާލެއިން ލަންކާ އަށް ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއި އެކު މާލެއިން ލަންކާ އަށް ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފި

1 ދުވަސް ކުރިން - 01:09

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

3 ދުވަސް ކުރިން - 09:28

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

7 ދުވަސް ކުރިން - 18:42

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

8 ދުވަސް ކުރިން - 05:40

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

8 ދުވަސް ކުރިން - 15:54

ދެ މަސްތެރޭ މާލެއިން މަސްތުވާތަކެތީގެ 5 "އައްޑާ" ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފ

ދެ މަސްތެރޭ މާލެއިން މަސްތުވާތަކެތީގެ 5 "އައްޑާ" ބަންދު ކޮށްފި

10 ދުވަސް ކުރިން - 14:14