Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލޯކަލް ކައުންސިލް އިންތިހާބަށް 7،000 އޮފިޝަލުން ހޯދަނީ، އިންތިހާބު އޮންނާނީ އޭޕްރީލް 4 ގައި!

ލޯކަލް ކައުންސިލް އިންތިހާބަށް 7،000 އޮފިޝަލުން ހޯދަނީ، އިންތިހާބު އޮންނާނީ އޭޕްރީލް 4 ގައި!

މުހައްމަދު ޖަމްޝަތު
234 ދުވަސް ކުރިން - 4 ޑިސެންބަރު 2025 17:13
އީސީން ބޭއްވި އިންތިހާބެއްގައި އޮފިޝަލުން ވޯޓު ގުނަނީ---ފޮޓޯ:އީސީ
އީސީން ބޭއްވި އިންތިހާބެއްގައި އޮފިޝަލުން ވޯޓު ގުނަނީ---ފޮޓޯ:އީސީ
ޚުލާސާ

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އީސީން ވަނީ އިންތިހާބަށް ބޭނުންވާ އޮފިޝަލުންނާއި މުވައްޒަފުން ހޯދަން އިއުލާނުކޮށްފައި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.

އީސީން ހާމަކޮށްފައިވާ ގޮތުގައި މި އިންތިހާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރަން ވަނީ ހަމަޖެހިފައެވެ. އެގޮތުން މި އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ބޭނުންވާ 7,000 އަށްވުރެ ގިނަ އޮފިޝަލުން ހޯދުމަށް މިހާރުވަނީ އިއުލާނުކޮށްފައެވެ. އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، މިމަހުގެ 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އީ-ފާސް މެދުވެރިކޮށް my.elections.gov ޕޯޓަލް އިން އެޕްލިކޭޝަން ހުށަހަޅަން މިހާރު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން މި އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވެސް އީސީން ވަނީ އިއުލާންކޮށްފައެވެ. އެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އީސީފެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ކޮމިޝަނުގެ އީމެއިލް jobs@elections.gov.mv މެދުވެރިކޮށް ހުށަހެޅޭނެއެވެ. އިންތިހާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ދާއިރާ ހިމެނެއެވެ.

Advertisement

Advertisement 1

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 2،000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ އަންހެން މެމްބަރެއް ހިމެނޭގޮތަށް ތިން މެންބަރުންނެވެ. އަދި 2،000 އަށްވުރެ ބޮޑު އަބާދީއެއް ހިމެނޭ ކޮންމެ ރަށު ކައުންސިލަކަށް އިންތިހާބުކުރާނީ އަންހެން ދެ މެމްބަރުން ހިމެނޭގޮތަށް ޖުމްލަ ފަސް މެމްބަރުން ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކައުންސިލްތަކުގެ އިންތިހާބަށް ފަހު އަތޮޅު ކައުންސިލުތައް އުވިގެންދާނެއެވެ. ދިވެހިރާއްޖޭގެ 21 އިދާރީ ދާއިރާގެ ތެރެއިން ސިޓީ ކައުންސިލްގެ ޝަރުތު ހަމަވާ އިދާރީ ދާއިރާތައް ފިޔަވައި، އެހެން ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގާނީ ރަށު ކައުންސިލުތަކުންނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ލޯކަލް ކައުންސިލް އިންތިޚާބު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

4 ދުވަސް ކުރިން - 12:49

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

24 ދުވަސް ކުރިން - 20:59

ވޯޓުން އެއްވަރުވެ ދެވަނަ ފަހަރަށް ވޯޓުލައިގެން 80 ވޯޓުގެ ފަރަގަކުން ޕީއެންސީން މީދޫ ރައީސް ގޮނޑި ކާމިޔާބުކޮށްފި

ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

43 ދުވަސް ކުރިން - 19:24

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު: %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މީދޫ އިންތިހާބުގައި %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

43 ދުވަސް ކުރިން - 14:19

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

43 ދުވަސް ކުރިން - 11:24

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

49 ދުވަސް ކުރިން - 19:55