ހައްލު ހޯދުމަށްފަހު މުޅި ގަން ރޭ ދަންވަރު ވަނީ ދިއްލާލާފައި

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 4 ޑިސެންބަރު 2025 06:38
ދިމާވި ހިތާމަވެރި ހާދިސާއަށްފަހު ކަރަންޓު ދީފައިވަނީ ރޭގަނޑު 11:30 ގައި.
ދިމާވި ހިތާމަވެރި ހާދިސާއަށްފަހު ކަރަންޓު ދީފައިވަނީ ރޭގަނޑު 11:30 ގައި.
ޚުލާސާ

އިންޖީނުގޭގެ ޕެނަލް ބޯޑުގައި ރޯވެ އިއްޔެ މުޅި ގަމުން ކަރަންޓު ކެނޑިފައިވަނީ އިއްޔެ މެންދުރު ފަހު 14:30ގައި. އަލިފާންގަނޑު ނިއްވާލެވުނީ ހަވީރު 16:26 ގައި.

ޕެނަލް ބޯޑުގައި އަލިފާން ރޯވެ ލ. ގަމުގެ އިންޖީނުގޭގައި ހުންނަ ފަސް އިންޖީނުގެ ތެރެއިން އިންޖީނަކަށް ގެއްލުންވެ އިއްޔެ މެންދުރުފަހު 14:30 ގައި ކަރަންޓު ކެނޑުމަށްފަހު ރޭގެ ވަގުތެއްގައި މުޅި ރަށަށް ކަރަންޓު ދީފި އެވެ.

އެ އިންޖީނުގެއާ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދެވިފައިވަނީ ރޭ 23:30 ހާއިރު އެވެ.

އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވީ އިންޖީނު ގެއަށެވެ. އެހެންކަމުން ކަރަންޓު ދީފައިވަނީ އެތަން ވަގުތީގޮތުން ހިޔާކުރުމަށްފަހު އެވެ.

އަލިފާން ހާދިސާގައި އެއް އިންޖީނު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ނަޖާހު ވިދާޅުވީ ބާކީ ހުރި ހަތަރު އިންޖީނުން އެއްވެސް މައްސަލައެއް ނެތި ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ. މި އިންޖީނު ގެއިން ގަމުގެ ތިން އަވަށަކަށް ކަރަންޓު ފޯރުކޮށްދެ އެވެ.

އިންޖީނުގޭގެ ފާރާއި ލިބިފައިވާ އެހެން ގެއްލުންތައް ކުރިއަށް އޮތް ދުވަސްތަކުގައި މަރާމާތު ކުރާނެ އިރު ނަޖާހު ވިދާޅުވީ ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން އަލިފާން ރޯވީ ކޮން މައްސަލައަކާ ގުޅިގެންކަން ތަހުގީގުކުރަމުންދާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%