Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްރާއީލް ފުނޑާލާނެ ބާރު އީރާނުގައި އެބަހުރި

އިސްރާއީލް ފުނޑާލާނެ ބާރު އީރާނުގައި އެބަހުރި

ޢަބްދުﷲ ޖުނައިދު
270 ދުވަސް ކުރިން - 3 ޑިސެންބަރު 2025 15:43
ޚާމަނާއީ ވަނީ އިސްރާއީލު ވުޖޫދުން ފޮހެލަން ޖެހިދާނެ ކަމަށް ބުނެ އިންޒާރު ދީފަ
ޚާމަނާއީ ވަނީ އިސްރާއީލު ވުޖޫދުން ފޮހެލަން ޖެހިދާނެ ކަމަށް ބުނެ އިންޒާރު ދީފަ
ޚުލާސާ

ދުނިޔޭގެ ޗާޓުން އިސްރާއީލް ފޮނެލަން ޖެހިދާނެ ކަމަށް އީރާނުން މީގެ ކުރިން ބުނި

އީރާނުން މިސައިލް ސިސްޓަމްތައް އަލުން ތަރައްޤީ ކުރުމުގެ މަސައްކަތް އަވަސް ކުރަމުންދާއިރު، ތެހެރާނަކީ މި ވުޖޫދުގައިވާ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ބުނެ އިސްރާއީލުން އިންޒާރު ދީފިއެވެ. އިސްރާއީލުގެ ޖާސޫސީ މަސްދަރުތަކުން ބުނީ އީރާނުން މިހާރު ދަނީ އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ޙަމަލާތަކުން ލިބުނު ފިލާވަޅުތަކުން، ޙަމަލާ ދިނުމުގެ ގާބިލްކަން އަލުން ބިނާކުރަމުން ކަމަށާއި، އީރާނަށް ޙަމަލާ ދިނުމުގެ ޕްލޭނެއް އިސްރާއީލުން އެކުލަވާލަމުންދާ ކަމަށެވެ.

އިސްރާއީލުން މިވަރުގެ ޕްލޭނެއް ހަދަމުންދާއިރު، ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، އިސްރާއީލު ދުނިޔޭގެ ޗާޓުން ވެސް ފޮހެލާނެ ކަމަށް ބުނެ އީރާނުން މީގެ ކުރިން ދީފައިވާ އިންޒާރެވެ.

Advertisement

Advertisement 1

އަނެއްކޮޅުން އިސްރާއީލުގެ ޖާސޫސުންނާއި ޙަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާ އާއި އިސްރާއީލުން ކުރިން ހީކުރި ވަރަށް ވުރެ މާ ވަރުގަދަ އަދި ފުޅާ ޕްރޮގްރާމެކެވެ. އޭގެ ބޮޑު ބައެއް ފޮރުވާފައި ވަނީ އީރާނުގެ މެދުތެރޭގައި ހުންނަ އިސްފަހާންގެ ނުވަތަ ފާރިސީ ފަރުބަދައިގެ 360 ފޫޓަށް ވުރެ އަޑީގައެވެ. އެހެން ކަމުން އެމެރިކާގެ އެންމެ ޒަމާނީ ބަންކާބަސްޓާ ބޮމުން ވެސް އެ ފެސިލިޓީ ނައްތައެއް ނުލެވޭނެއެވެ.

އީރާނުން މިހާރު ވަނީ ހަތިޔާރުތައް އަޕްގްރޭޑް ކޮށްފައެވެ. މިސައިލްތައް ފޮނުވާނެ ޕްލެޓްފޯމްތައް އިތުރުކޮށް، ބިމުގެ އަޑީގައި ވަނީ ވަރުގަދަ މިލިޓަރީ ބޭސްތައް ހަދާފައެވެ. މިކަމުގެ ސަބަބުން މެދުއިރުމަތިން ބޭނުން ކޮންމެ ދިމާލަކަށް ޙަމަލާ ދިނުމުގެ ޤާބިލުކަން އީރާނުގައި އެބަހުއްޓެވެ.

މުހައްލިލުން ބުނާ ގޮތުގައި އީރާނުން ވަނީ ރަޝިޔާ އާއި ޗައިނާގެ އެހީގައި ވަރަށް ބޮޑަށް އަސްކަރީ ބާރު އިތުރުކޮށްފައެވެ. އޭގެ ތެރޭގައި މިސައިލް ރޭންޖު އިތުރުކޮށް، ވޯހެޑް ކެޕޭސިޓީ ވަނީ ފުޅާކޮށްފައެވެ. އީރާނުގެ ސިފައިންގެ އަތުގައި މިހާރު ދުރު ރާސްތާގެ ބެލިސްޓިކް މިސައިލްތަކާއި، ކަނޑުއަޑިން ޙަމަލާތައް ދިނުމުގެ ޤާބިލްކަން ހުރި ޒަމާނީ ޑްރޯންތަކާއި، ކްރޫޒް މިސައިލްތައް ހުރެއެވެ. މި ކަންކަމުގެ ސަބަބުން އިސްރާއީލު ވެސް އަދި އެމެރިކާ ވެސް ފަސްޖެހެއެވެ.

އީރާންއިސްރާއީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

5 ގަޑިއިރު ކުރިން - 11:13

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

1 ދުވަސް ކުރިން - 23:23

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

5 ދުވަސް ކުރިން - 13:33

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

8 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

8 ދުވަސް ކުރިން - 14:34

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި ކަމަށް ޓްރަމްޕް އިޢުލާން ކޮށްފި

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި

10 ދުވަސް ކުރިން - 04:34