މާސިންގާ ރަން ވަޅެއް އީރާނުން ހޯދައިގެން އުޅޭ ދަނޑިވަޅެއްގައި، އީރާނަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު އިސްރާއީލުގެ ވެރިން ދީފި ކަމަށް އިސްރާއީލުގެ އައި24 ނިއުސް އިން ބުނެފިއެވެ.
އެ ނޫހުން ބުނި ގޮތުގައި އީރާނުން މިހާރު ދަނީ މިސައިލް ސިސްޓަމްތައް އަލުން ބިނާކުރަމުން ކަމަށާއި، މިކަމުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި މެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި ތެހެރާނުން މިހާރު ދަނީ މިސައިލް ގާބިލްކަން އިތުރު ކުރަމުންނެވެ. މިއީ އިސްރާއީލުން ދެކޭ ގޮތުގައި ސީދާ އިސްރާއީލު ވުޖޫދުން ފޮހެލުމަށް އީރާނުން ހިތުނިޔަތް ގަނެގެން އުޅުމެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި އީރާނުން މިސައިލް ޕްރޮގްރާމް އާކޮށްފައި ވަނީ ކުރިމަތިވެދާނެ ހަމަނުޖެހުންތަކަށް ތައްޔާރުވުމަށެވެ.






