61 މިލިއަން ޓަނުގެ ރަންވަޅެއް އީރާނުން ހޯދައިފި

ޢަބްދުﷲ ޖުނައިދު | 2 ދުވަސް ކުރިން - 3 ޑިސެންބަރު 2025 10:48
ކުއްލި ޚަބަރު: 61 މިލިއަން ޓަނުގެ ރަންވަޅެއް އީރާނުން ހޯދައިފި
ކުއްލި ޚަބަރު: 61 މިލިއަން ޓަނުގެ ރަންވަޅެއް އީރާނުން ހޯދައިފި
ޚުލާސާ

ރަން އެކުލެވޭ 61މިލިއަން ޓަން މަޢުދަނުގެ ރިޒާވްއެއް އީރާނުން ހޯދައިފި. މީގައި ސާފު ރަން އެކުލެވޭ މިންވަރެއް އަދި ނޭނގޭ. މިއީ އެމީހުންގެ އެންމެ ބޮޑު ވަޅު



އީރާނުން ފެނުނު ރަން އެކުލެވޭ 61 މިލިއަނު ޓަނުގެ މަޢުދަން ފެނުނު ވަޅުގައި ހުރީ ކިހާ ޢަދަދެއްގެ ރަނެއް ކަމެއް އަދި ނޭނގޭ

އީރާނުގެ އިރުމަތީ ދެކުނު ޚުރާސާން ޕްރޮވިންސްގައި ހުންނަ ޝާދާން މައިނުން 61 މިލިއަން ޓަނުގެ ރަނުގެ މަޢުދަން އެކުލެވޭ ވަޅެއް ފެނިއްޖެއެވެ.

އީރާނުގެ މަސްދަރުތަކުން ބުނާ ގޮތުގައި އަލަށް ފެނުނު މި ރަން ވަޅާއި އެ ޤައުމުގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ، މައިންސް އެންޑް ޓްރޭޑް އިން ވަނީ ޙަވާލު ވެފައެވެ. މި ވަޅުގައި އެކު ޖުމްލަ 61 މިލިއަން ޓަނުގެ މަޢުދަން އެބަހުރި ކަމަށާއި، އޭގެތެރޭގައި 7.95 މިލިއަން ޓަނުގެ އޮކްސައިޑް ގޯލްޑް މަޢުދަނާއި 53.1 މިލިއަން ޓަނުގެ ސަލްފައިޑް ގޯލްޑް މަޢުދަން ހިމެނޭ ކަމަށް ވެސް އީރާނުގެ މީޑިއާތަކުން ބުނެއެވެ.

މި 61 މިލިއަން މަޢުދަނުގައި ސާފު ރަން ހުންނާނެ ސީދާ މިންވަރު އަދި ނޭނގެއެވެ.

އީރާނުން އަލަށް ފެނުނު މި ވަޅަކީ މިހާތަނަށް އެ ޤައުމުން ފެނުނު އެންމެ ބޮޑު އެއް ރަން ޖަމާވެފައިވާ ވަޅެވެ. މިއީ 61 މިލިއަން ޓަނުގެ ސާފު ރަން ނޫން ނަމަވެސް، ޢާންމުކޮށް ފެންނަ މިފަދަ ރަން މައިންތަކުގައި ކޮންމެ ޓަނެއްގައި 1 ގުރާމާއި ފަސްގުރާމާއި ދެމެދުގެ ޢަދަދަކަށް ރަން ހުރެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%