ރާއްޖޭގައި މުޅިން އަލަށް އެފްއޭމް އިން އިންތިޒާމް ކޮށްގެން ގައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ފަށައިފި އެވެ.
ހޯމަ ދުވަހު ފެށި މި ލީގު މުބާރާތުގެ ނަމަކީ "އެފްއޭއެމް ވިމެންސް ލީގު" އެވެ. ޖުމްލަ ހަ ކުލަބަކުން މި މުބާރާތުގައި ބައިވެރިވެފައިވާއިރު އެ ކުލަބުތަކަކީ؛
- މާޒިޔާ ސްޕޯޓްސް ކުލަބު
- ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު
- ވިކްޓްރީ ސްޕޯޓްސް ކުލަބު
- އޮޑި ސްޕޯޓްސް ކުލަބު
- ޓީސީ ސްޕޯޓްސް ކުލަބު
- ބުރު ސްޕޯޓްސް ކުލަބު
މުބާރާތުގައި އެންމެ ފުރަތަމަ ވާދަކޮށްފައިވަނީ ޓީސީ ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބެވެ. މި މެޗު ފަސޭހަކަމާއެކު ވިކްޓްރީ ސްޕޯޓްސް އިން ކާމިޔާބުކޮށްފައިވަނީ 0-6 ގެ ނަތީޖާއިންނެވެ.
މި މެޗު ޝަރަފުވެރި ކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ވިކްޓްރީ ސްޕޯޓްސްގެ ބިދޭސީ ކުޅުންތެރިޔާ ރުސްޓުލައޭވާ ލޭލާ އެވެ. އޭނާ ވަނީ މި މެޗުގައި ހަތަރު ގޯލު ޖަހާފަ އެވެ.
ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި މި ސަރުކާރުން ދަނީ ގިނަ މަސައްކަތަތެއް ކުރަމުންނެވެ. އެގޮތުން ފަސްތް ޑިވިޝަން ރާއްޖޭގައި ޕްރޮމޯޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.






