Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިއޮށް ބޮޑު ޓެލެތޯން ނިންމާލާއިރު އެމްޑީޕީން އެންމެ ފައިސާފޮއްޗެއް ވެސް ނުދިން

މިއޮށް ބޮޑު ޓެލެތޯން ނިންމާލާއިރު އެމްޑީޕީން އެންމެ ފައިސާފޮއްޗެއް ވެސް ނުދިން

ހުސައިން އިސްމާއިލް
186 ދުވަސް ކުރިން - 1 ޑިސެންބަރު 2025 15:15
އެމްޑީޕީ އަށް މި އަހަރުވެސް އިލެކްޝަންސް ކޮމިޝަނުން ފައިސާގެ ބޮޑު އެހީއެއް ލިބިފައިވޭ.
އެމްޑީޕީ އަށް މި އަހަރުވެސް އިލެކްޝަންސް ކޮމިޝަނުން ފައިސާގެ ބޮޑު އެހީއެއް ލިބިފައިވޭ.
ޚުލާސާ

ދައުލަތުން އެމްޑީޕީ އަށް 8,454,780.50 ރުފިޔާ ދިން އިރު، އެމްޑީޕީ ސަރުކާރަށް 10 މިލިއަން ޑޮލަރު ދިން ލަންކާ ހާލުގައި ޖެހުމުން މިއަދު އެމްޑީޕީން އަޅާނުލި ކަހަލަ.

ތޫފާން ދިތުވާގައި ފަނާވެފައިވާ އަވަށްޓެރި ސްރީލަންކާ އަށް އެހީ ވުމަށް 37 މީޑިއާއެކު އިއްޔެ ހެނދުނު 9:00 އިން ފެށިގެން ކުރިޔަށް ގެންދިޔަ މިއޮށް ބޮޑު ޓެލެތޯން ނިންމާލާއިރު މޯލްޑިވްސް ޑިމޮރެޓިކް ޕާޓީ (އެމްޑީޕީ) އިން އެންމެ ފައިސާ ފޮއްޗެއް ވެސް ނުދިނެވެ.

މިއަދު ހާލުގައި ޖެހިފައިވާ ލަންކާ އަކީ އެމްޑީޕީގެ ވެރިކަމުގައި ރާއްޖެއަށް ބޭރުފައިސާގެ ދަތިކަން އޮތް އިރު 10 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއް ދިން ގައުމެކެވެ. މީގެ އިތުރުން 17 ވަނަ ސާކް ސަމިޓް ރާއްޖޭގައި ބޭއްވުމަށް އެމްޑީޕީގެ އޭރުގެ ސަރުކާރުން ލަންކާގައި އެދުމުން އައްޑޫ ސިޓީ ގައި ހަ ކިލޯމީޓަރުގެ މަގެއް ހެދުމަށް ލަންކާ ރައްޔިތުންގެ ފަރާތުން ވަނީ އެމްޑީޕީގެ ސަރުކާރަށް ސަޕޯޓް ވެސް ދީފައެވެ. ނަމަވެސް، މިއަދު އެ ރައްޔިތުން ހާލުގައި ޖެހުމުން ރާއްޖެއިން ބޭއްވި މި ބޮޑު ޓެލެތޯނަށް އެމްޑީ ސަރުކާރުން "އަހަރުމެންނަށް ކޮން ކަމެއް ހޭ" ބުނި ކަހަލައެވެ.

ސިޔާސީ ޕާޓިތަކަށް ފައިސާ ދިން އިރު އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީ އަށް 8,454,780.50 ރުފިޔާ ދިން އިރު އެ ޕާޓީގެ ފަރާތުން ލަންކާގައި ދިރިއުޅޭ އެކުވެރި އަހުންނާއި އުހްތުން އަދި ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނަށް ޖެހިފައިވާ ދަތި ހާލުގައި ބައިވެރިވާކަށް ނޫޅުނެވެ.

Advertisement

Advertisement 1

ރާއްޖޭގެ ބޮޑު ޓެލެތޯނުގައި އެމްޑީޕީން ބައިވެރި ނުވިޔަސް، އިހްސާންތެރިކަން ހުރި ދިވެހި ރައްޔިތުންގެ ފަރާތުން ވަނީ މިހާތަނަށް 11،415،920.6 ރުފިޔާ ދީފައި ކަން ފާހަގަ ކުރެވެއެވެ. އޭގެ ތެރޭގައި 10،743،125.84 ރުފިޔާ އަދި 43,631.31 ޑޮލަރު ހިމެނެއެވެ.

އެމްޑީޕީސްރީ ލަންކާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލު

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރާއްޖޭގެ މާލީ ހާލަތަށް އައިބަދަލު

1 ދުވަސް ކުރިން - 07:30

ނިމިދިޔަ އަހަރު ރެކޯޑު މިންވަރަކަށް އާމްދަނީ ލިބުނު؛ ހަރަދުކުރީ އެމްޑީޕީ ސަރުކާރުން ނެގިހާ ލޯނެއް އަދާކުރުމަށް

ނިމިދިޔަ އަހަރު ލިބުނުހާ އާމްދަނީއެއް ހަރަދުކުރީ އެމްޑީޕީން ނެގިހާ ލޯނުތައް އަދާކުރުމަށް

3 ދުވަސް ކުރިން - 11:31

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ނަޝީދުގެ ފާޑުކިޔުންތަކަށް ހަމްދާންގެ ވަރުގަދަ ރައްދެއް

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ހަމްދާން

6 ދުވަސް ކުރިން - 13:51

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށް ކުރާ މަސައްކަތެއްތޯ؟

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށްކުރާ މަސައްކަތެއްތޯ؟

11 ދުވަސް ކުރިން - 13:16

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ 60 އިންސައްތަ ވޯޓުން: ޝާހިދު

2028 ކާމިޔާބުކުރާނީ %60 ވޯޓުން: ޝާހިދު

14 ދުވަސް ކުރިން - 00:31

އާދީއްތަ ދުވަހުން ފެށިގެން ލަންކާއަށް ދެވޭނީ އީޓީއޭ ހުށަހަޅައިގެން

އާދީއްތަ ދުވަހުންފެށިގެން ލަންކާއަށް ދެވޭނީ އީޓީއޭ ހުށަހަޅައިގެން

14 ދުވަސް ކުރިން - 13:29