ގާނޫނު ނަމްބަރު 3/2010 ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 56 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަމްބަރުގައިވާ ގޮތުގެމަތީން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމަށް، ފަސް ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ރައީސް އައްޔަންކުރެއްވި ފަސް ބޭފުޅުންނަކީ:

  1. ސ. ހިތަދޫ / މާވަހި، ހަސަން ނާސިހް އަހްމަދު
  2. ށ. ކޮމަންޑޫ / ޗަމަން، އަލްއުސްތާޛާ އުސާމާ މޫސާ
  3. ހމ. ފްލެޓް ނަމްބަރު 02-2-88، އަލްއުސްތާޛާ އާއިޝަތު އިޝާ
  4. ގއ. ނިލަންދޫ / ގަސްދޮށުގެ، އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްގައްޔޫމް
  5. ގދ. ގައްދޫ / ބީޗްކޯނާ، އަހްމަދު ޔާމީން

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިއްބެވި ފަސް މެންބަރުންގެ މުއްދަތު އިއްޔެ ހަމަވުމާއި ގުޅިގެން، މެންބަރުކަމަށް، މި ފަސްބޭފުޅުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އައްޔަންކުރައްވާފައިވަނީ އިއްޔެ އެވެ.