Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އެމްޑީޕީގެ އެތެރޭގެ ހާލަތު ގޯސްވެ ވަގުތީ ޗެއާޕާސަނެއް ވެސް ނުހޮވުނު

އައިޝަތު ރުވާ ރިފްޢަތު
328 ދުވަސް ކުރިން - 29 ނޮވެންބަރު 2025 09:37
އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް.
އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް.
ޚުލާސާ

ވަގުތީ ޗެއާޕާސަނެއް އިންތިހާބުކުރަން ޖެހިފައިވަމިވަނީ އެ މަގާމުގައި ހުންނެވި ފައްޔާޒު ކުއްލިގޮތަކަށް އިސްތިއުފާދީފައިވާތީ. ނަމަވެސް ޖަލްސާ ހޫނުވެ އެ މަގާމަށް މީހަކު އިންތިހާބު ނުކުރެވުނު.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެ މަގާމުން ކުއްލި ގޮތަކަށް އިސްތިއުފާ ދިނުމާ ގުޅިގެން އެ މަގާމަށް ވަގުތީ ގޮތުން މީހަކު އިންތިހާބުކުރުމަށް ބޭއްވި ޖަލްސާ ހޫނުވެ އެ ޖަލްސާ ފެނަށް ގޮސްފި އެވެ.

ޗެއާޕާސަން ކަމުން ފައްޔާޒު އިސްތިއުފާ ދީފައިވަނީ ނިމިދިޔަ ހަފްތާ އާދީއްތަ ދުވަހުގެ ރޭގަ އެވެ. އެ މަގާމަށް މީހަކު އިންތިހާބުކުރުމަށް ހުކުރު ދުވަހުގެރޭ "ފަންކްޝަން ފައިވް" ގައި ބޭއްވި ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވީ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އެވެ. އޭނާ ބެލެވިފައިވަނީ ފައްޔާޒު ނުވަތަ ރައީސް ނަޝީދު ފެކްޝަނުގެ ބޭފުޅެއްގެ ގޮތުގަ އެވެ.

ވަގުތީ ޗެއާޕާސް ކަމުގެ މަގާމަށް ކުރިމަތިލާފައިވަނީ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ވައްޑެ) އެވެ. އޭނާގެ ނަން އައިސްފައިވަނީ ރައީސް ނަޝީދުގެ ފެކްޝަނުންނެވެ. ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވެސް ވަނީ އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އަސްލަމަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރަކަށް ނުވާތީ އޭނާ އަށް އެ މަގާމަށް ކުރިމަތި ލެވޭނެތޯ ނުވަތަ ނޫންތޯ އޮތީ ސުވާލު އުފެދިފަ އެވެ.

Advertisement

Advertisement 1

މި ބައްދަލުވުމަށް 95 މެންބަރަކު ހާޒިރުވެފައިވެ އެވެ. ވޯޓަށް ވައްޑެގެ ނަން އެހުމުން އޭނާ އަށް ލިބުނީ 47 ވޯޓެވެ. އެ މަގާމަށް އިންތިހާބުވުމަށް މަދުވެގެން 48 ވޯޓު ބޭނުންވާނެ އެވެ. އަސްލަމްގެ ނަން ހުށަހަޅަން ރިޔާސަތުން އުޅުނު ހިސާބުން ޖަލްސާގެ މަސްލަހަތު ގެއްލި ދެ ފެކްޝަން (އިބޫ އާއި އަންނި) އިން ޒުވާބުކުރަން ވަނީ ފަށާފަ އެވެ.

ޒުވާބު ކުރަން ފެށުމާއެކު އިތުރަށް އެ ބައްދަލުވުމުން ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ. އަދި ބައްދަލުވުން އޮތް ހޯލުން ނިކުތުމަށްފަހު ވެސް ދެ ފެކްޝަން ދެމެދު ވަނީ ޒުވާބުތައް ހިނގާފަ އެވެ.

އެމްޑީޕީ ތެރެ ފަޅައިގެން ގޮސްފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެތެރޭގެ މި ހަނގުރާމަ އެންމެ ފުރަތަމަ ފަށާފައިވަނީ ރިޔާސީ އިންތިހާބުން ލިބުނު ނާކާމިޔާބީއާއެކު އެ ޕާޓީ ދޫކޮށް ދިޔަ ރައީސް ނަޝީދުގެ ފެކްޝަން އަނބުރާ ގެންނަން އެމްޑީޕީގެ ތެރެއިން މަސައްކަތް ފެށުމުންނެވެ. މިކަމުގައި އެންމެ އިސްކޮށް އުޅުއްވީ ފައްޔާޒު އެވެ. ރައީސް ނަޝީދާއި އޭނާގެ ވަފާތެރިން އެމްޑީޕީއާ ގުޅުނު ހިސާބުން ޕާޓީ ތެރޭގެ މަސްލަހަތު އިތުރަށް ގޯސްވެފައިވާއިރު، ހުޅުކޮޅު ފަޅައިގެންދިޔައީ މީގެ ހަފްތާއެއް ކުރިން މާލެ ސިޓީގެ ކައުންސިލްގެ ޕްރައިމަރީއަށް ރައީސް ނަޝީދުގެ ފެކްޝަނުން އަލީ އާޒިމް ނެރުނު ހިސާބުންނެވެ. އޭގެ ކުރިން އިބްރާހިމް ސޯލިހުގެ ފެކްޝަނުން އާދަމް އާޒިމް ވަނީ ކެމްޕެއިން ނުރަސްމީކޮށް ނަމަވެސް ފަށާފަ އެވެ.

ދެ ފެކްޝަން ދޭތެރޭގައި އޮތް މައްސަލަ ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވި ނާކާމިޔާބުވެފައިވާ ކަމަށާއި، 2028 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް މީގެ ކުރިން އިއުލާނުކޮށްފައިވާތީ އެންމެ ރަނގަޅު ގޮތަކީ ތިމަން މަނިކުފާނު އިސްތިއުފާ ދެއްވުން ކަމަށް ބުނެ ފައްޔާޒު އިސްތިއުފާ ދެއްވުމުން އެމްޑީޕީ ތެރޭގައި ރޯވަމުން ދިޔަ އަލިފާނު އެއަށްވުރެ ބޮޑަށް ރޯވާން ފެށި އެވެ. ސަބަބަކީ ފައްޔާޒުގެ އެ ނިންމެވުމާއެކު އެމްޑީޕީ ވަޓްސްއެޕްގެ ގުރޫޕެއްގައި ރައީސް ނަޝީދު، ރައީސް ސޯލިހަށް ފާޑުވިދާޅުވާން ފެށުމުންނެވެ.

ނަޝީދު ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ކުރިމަތިނުލައްވާ ރައީސް ސޯލިހު ކުރިމަތިލައްވަން ދެ ފަހަރެއްގެ މަތިން ހުށަހެޅުއްވި ކަމަށާއި ނަމަވެސް ސޯލިހާއި ސޯލިހުގެ އަރިސް ބޭފުޅުންނަށް އެގޮތް ކަމު ނުދިޔަ ކަމަށެވެ. ނަޝީދު މިހެން ވިދާޅުވި ނަމަވެސް ސޯލިހު ފެއިލް ކޮށްލަން އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ ވެސް ނަޝީދެވެ. އެގޮތުން ޕްރައިމަރީގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު އެ ޕާޓީން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފައްދަވާ ސޯލިހު ފެއިލް ކުރުމުގެ މަސައްކަތް ކާމިޔާބު ކުރެއްވި އެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ސޯލިހު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބާ ގުޅުވައި މިތަނުގައި މި ދެކެވެނީ އޭރުގެ ހާލަތުގެ އެއްބައި ކަމަށާއި އޭރު ކަންތައް ހިނގައި ދިޔަގޮތުގެ ތަފްސީލަށް ތިމަން މަނިކުފާނު ނުގޮސް މި މަޑުކުރަނީ މަސްލަހަތަށްޓަކައި ކަމަށެވެ. އަދި މިއީ ޕާޓީގެ ހުރިހާ އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އެމްޑީޕީގެ ކޮންގްރެސް ނިންމާލައި އިންތިހާބު ނޮވެމްބަރު 27 އަށް ތާވަލުކޮށްފި

އެމްޑީޕީގެ ކޮންގްރެސް ނިންމާލައި އިންތިހާބު ނޮވެމްބަރު 27 އަށް ތާވަލުކޮށްފި

19 ދުވަސް ކުރިން - 01:57

މައިކު ކަނޑާލި މައްސަލައިގައި އެމްޑީޕީ އަދި ކައުންސިލް މެމްބަރަށް ބޮޑެތި ފާޑުކިޔުންތަކެއް

މައިކު ކަނޑާލި މައްސަލައިގައި އެމްޑީޕީ އަދި ކައުންސިލް މެމްބަރަށް ބޮޑެތި ފާޑުކިޔުންތަކެއް

29 ދުވަސް ކުރިން - 20:24

‘ފަޔާގެ ގެޔަށް ނަޝީދު ގެންގޮސް ސިހުރުގެ ކާއެއްޗެހި” ދޭކަމަށް ތުހުމަތު ކޮށްފި

‘ފަޔާގެ ގެޔަށް ނަޝީދު ގެންގޮސް ސިހުރުގެ ކާއެއްޗެހި” ދޭކަމަށް ތުހުމަތު ކޮށްފި

48 ދުވަސް ކުރިން - 18:46

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

55 ދުވަސް ކުރިން - 10:23

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

61 ދުވަސް ކުރިން - 13:11

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

62 ދުވަސް ކުރިން - 18:55