Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސްރީލަންކާ ތޫފާނުގެ އަސަރު ރާއްޖެ އަށް ނުކުރާނެ: މެޓް އޮފީސް

ސްރީލަންކާ ތޫފާނުގެ އަސަރު ރާއްޖެ އަށް ނުކުރާނެ: މެޓް އޮފީސް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
281 ދުވަސް ކުރިން - 28 ނޮވެންބަރު 2025 17:12
ފެން ބޮޑުވެފައިވާ މަގެއްގައި މީހަކު ސައިކަލަކާއެކު ހަރަކާތްތެރިވަނީ - ތޫފާން ޑިޓުވާގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހާމަކޮށްފަ--- ފޮޓޯ: ޚުލާސާ
ފެން ބޮޑުވެފައިވާ މަގެއްގައި މީހަކު ސައިކަލަކާއެކު ހަރަކާތްތެރިވަނީ - ތޫފާން ޑިޓުވާގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހާމަކޮށްފަ--- ފޮޓޯ: ޚުލާސާ
ޚުލާސާ

ތޫފާން "ޑިޓުވާ" މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަނޑަކަށް 876 ކިލޯ މީޓަރު ދުރުން ސްރީލަންކާގެ އުތުރު އައްސޭރިފަށުގައި

ސްރީލަންކާގައި އުފެދިފައިވާ ތޫފާން (ތޫފާން ޑިޓުވާ)ގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.

މިކަމާ ގުޅިގެން މެޓް އޮފީހުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ތޫފާން "ޑިޓުވާ" މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަނޑަކަށް 876 ކިލޯ މީޓަރު ދުރުން ސްރީލަންކާގެ އުތުރު އައްސޭރިފަށުގައި ކަމަށެވެ. މި ތޫފާން ދަތުރުކުރަމުން ދަނީ އިންޑިއާގެ ޓަމިލްނާޑޫ އާއި ދިމާލަށް ކަމަށާއި، ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މި ތޫފާނާއި ގުޅިގެން ހުދު ސަމާލު ނެރެވުނީ މެޓު އޮފީހުގެ އެލާޓް ދަރަޖަކުރެވިފައިވާ ސަރަހައްދަށް ތޫފާން ވަނުމުން ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. އަދި މި ތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރުވެސް ދެކުނާއި މެދުރާއްޖެތެރޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

Advertisement

Advertisement 1

މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވެގެންދާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ބޮޑެތި ގެއްލުންތަކެއް ލިބި ގިނަ އަދަދެއްގެ ބަޔަކު ވަނީ މި ހާދިސާގައި މަރުވެފަ އެވެ.

ސްރީ ލަންކާމޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)މޫސުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

2 ދުވަސް ކުރިން - 15:41

ދުނިޔެ ހޫނުވާ މިންވަރު، ކަނޑައަޅާފައިވާ އިމަށްވުރެ މައްޗަށް ދާނެކަމަށް އދ. އިން ބުނެފި

ދުނިޔެ ހޫނުވާ މިންވަރު، ކަނޑައަޅާފައިވާ އިމަށްވުރެ މައްޗަށް ދާނެކަމަށް އދ. އިން

4 ދުވަސް ކުރިން - 12:47

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

6 ދުވަސް ކުރިން - 08:59

އެލް-ނީނޯގެ ބާރު ގަދަވެ ރާއްޖޭގެ ހޫނުމިން މަތިވާނެތީ ދުރާލާ ތައްޔާރުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި

އެލް-ނީނޯގެ ބާރު ގަދަވެ ރާއްޖޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަނީ

9 ދުވަސް ކުރިން - 11:04

ލަންކާގެ ޑޮކްޓަރެއް، ފިރިހެނެއްގެ މަސާނާއިން 3.1 ކިލޯގެ ހިލައެއް ނަގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

ފިރިހެނެއްގެ މަސާނާއިން 3.1 ކިލޯގެ ހިލައެއް ނަގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

18 ދުވަސް ކުރިން - 17:37

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

26 ދުވަސް ކުރިން - 08:47