Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންސާނުންނަށް ފައިދާ ލިބޭ ގަސްގަހާގެހި ހިމާޔަތްކުރުމަކީ އިސްލާމްދީން ބާރުއަޅާ ކަމެއް: ޑރ. ޝަހީމް

އިންސާނުންނަށް ފައިދާ ލިބޭ ގަސްގަހާގެހި ހިމާޔަތްކުރުމަކީ އިސްލާމްދީން ބާރުއަޅާ ކަމެއް: ޑރ. ޝަހީމް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
276 ދުވަސް ކުރިން - 28 ނޮވެންބަރު 2025 17:04
މިނިސްޓަރު ޝަހީމް. ހަނގުރާމައިގެ ހާލަތުގައިވެސް ގަސްގަހާގެހި ކެނޑުމަކީ ހުއްދަނޫން ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި--- ފޮޓޯ: އިންޓަނެޓް
މިނިސްޓަރު ޝަހީމް. ހަނގުރާމައިގެ ހާލަތުގައިވެސް ގަސްގަހާގެހި ކެނޑުމަކީ ހުއްދަނޫން ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

އިސްލާމީ ޝަރީއަތުގެ އުސޫލުތައް ބިނާވެގެން ވަނީ ގެއްލުންތަކުން ސަލާމަތްކޮށް މީސްތަކުންގެ މަސްލަހަތު ދެމެހެއްޓުމުގެ މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވި

އިންސާނުންނަށް ފައިދާ ލިބޭ ގަސްގަހާގެހި ހިމާޔަތްކުރުމަކީ އިސްލާމްދީން ބާރުއަޅާ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ މިނިސްޓަރު ޝަހީމް ވިދާޅުވެފައިވާ ގޮތުގައި، އިސްލާމީ އާންމު އުސޫލުން ބަލާއިރު، މުޖުތަމައަށް ފައިދާވާ ގޮތަށް ހުންނަ ގަސްގަހާގެހި ކެނޑުމަކީ ހުއްދަކަމެއް ނޫން ކަމަށާއި، ވަކިން ހާއްސަގޮތެއްގައި އެ ގަހަކުން އިންސާނުންނަށް ހިޔާ ނުވަތަ މޭވާއާއި އެހެނިހެން ފައިދާތައް ލިބޭ ގަސްގަހާގެހި ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ އިސްލާމް ދީން ނުހަނު ބާރު އަޅާފައިވާ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް މީސްތަކުންނަށް ގެއްލުންވާ ގޮތަށް ހުންނަ ގަސްގަހާގެހި، ނުވަތަ ގެއްލުންވާ ގޮތަށް ހުންނަ ގޮފިތައް ކެނޑުމަކީ ދީނީ ނަޒަރުން ބަލާއިރު ހުއްދަކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement

Advertisement 1

މިނިސްޓަރު ވިދާޅުވި ގޮތުގައި، އާންމު އުނދަގުލަކަށްވާ ގޮތަށާއި، މީސްތަކުންގެ ގޯތިގެދޮރަށް ގެއްލުންވާ ގޮތަށާއި، ނުވަތަ ހިނގާބިގާވެ އުޅޭ މީހުންނަށް ގެއްލުންވާ ގޮތަށް ހުންނަ ގަސްގަހާގެއްސާއި އެފަދަ ގަސްގަހުގެ ގޮފިތަކާއި މޫތައް ކެނޑުމަކީ ކުރުން ޖާއިޒު އަދި ގެއްލުމުގެ ކުޑަ ބޮޑު މިންވަރަށް ބަލައި ކުރުން ލާޒިމުވެގެންވާ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އާންމު އުނދަގުލަކަށް ނުވާ ގޮތަށް ހުންނަ ގަސްގަހާގެހި ބަލަހައްޓައި އެއަށް ރައްކާތެރިކަން ދިނުމަކީ އިސްލާމް ދީނުގައި ނުހަނު ބާރު އަޅުއްވާފައިވާ ކަމެކެވެ. މީގެ އިތުރުން ގަސް އިންދުމާއި، ގަސްތައް އިތުރުކުރުމާއި، ވަކިން ހާއްސަކޮށް މޭވާ އާއި ހިޔާ ލިބޭ ގަސްގަހާގެހި ގިނަ ކުރުމަކީ އިސްލާމީ ނަޒަރުން ބަލާއިރު ވަރަށް މުހިންމު ކަމެއް ކަމަށާއި އެއްވެސް ސަބަބަކާ ނުލައި ހިޔާ ލިބޭ ގަހެއް ކަނޑާލައިފި ނަމަ ފާފަވެރި ވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މީސްތަކުންނަށް ގެއްލުން ނުވާ ގޮތައް ހުންނަ ގަސްތައް ބެލެހެއްޓުމަކީ މުހިންމުކަމެއް ނަމަވެސް ގަސްގަހާގެހިން ގެއްލުން ލިބޭކަމުގައިވާނަމަ، އިސްކުރަންޖެހޭނީ އިންސާނުންގެ މަސްލަހުތު ކަމަށާއި، އެ ގަސް ކަނޑާލަންޖެހޭނެ ކަމަށެވެ.

މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

22 ދުވަސް ކުރިން - 10:27

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

52 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

66 ދުވަސް ކުރިން - 20:02

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

120 ދުވަސް ކުރިން - 15:01

ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ: މިނިސްޓަރު ޝަހީމް

"ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ"

125 ދުވަސް ކުރިން - 14:10

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

131 ދުވަސް ކުރިން - 12:52