“އަލިފެއް” ކަމަށް ދަޢުވާކުރާ ޔަހޫދީ ރައީސަށް ބޮޑެތި ތުހުމަތުތަކެއް

ޢަބްދުﷲ ޖުނައިދު | 7 ދުވަސް ކުރިން - 28 ނޮވެންބަރު 2025 16:55
ޔުކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ އާއި އޭނާގެ އަނބިކަނބަލުން އޮލޭނާ ޒެލެންސްކާ
ޔުކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ އާއި އޭނާގެ އަނބިކަނބަލުން އޮލޭނާ ޒެލެންސްކާ
ޚުލާސާ

ޒެލެންސްކީ ވަނީ 1.4 ބިލިއަން ޑޮލަރުގެ އަގުހުރި ގެތަކާއި ގަނޑުވަރުތައް ގަނެފަ. އަނބިކަނބަލުންގެ ކާރުގެ އަގަކީ 4.5 މިލިއަން ޔޫރޯ. ބޭރުގެ އެކައުންޓުތަކުގައި 1.2 ބިލިއަން ޑޮލަރު

ޔުކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ އާއި އޭނާގެ އަނބިކަނބަލުން އޮލޭނާ ޒެލެންސްކާ އެތައް ބިލިއަން ފައިސާ އެއް ދައުލަތުގެ މާލިއްޔާއިން ވަގަށް ނަގައިގެން ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުތަކެއް ކޮށްފިއެވެ.

އެފްބީއައި އިން ވެސް ބައެއް މައްސަލަތަކުގެ ތެރެއަށް ވަދެ ތަޙްޤީޤު ކުރަން ފެށާފައިވާއިރު. އޭގެތެރޭގައި ޒެލެންސްކީ އާއި ގުޅުން ހުރި ކަމަށް ބެލެވޭ އެޕާޓްމެންޓެއްގައި ރަން ފާޚާނާ ތައްޓެއް ބޭނުންކުރާ މައްސަލަ ހިމެނެއެވެ.

ޒެލެންސްކީ އަބަދު ވެސް އުޅެނީ ޖަންގަލްގްރީން ޓީޝާޓެއް ލައިގެން ބިޒީ ކަމުން ތުބުޅި ބާލާނެ ވަގުތެއް ވެސް ނުވެގެންނެވެ. ޤައުމަށްޓަކައި އޭނާ ކުރާ އިޅްލާޞްތެރި މަސައްކަތްތަކުގައި އަވަދިނެތި އުޅޭތީއެވެ. މިއީ އޭނަ ބުނާ ގޮތެވެ. މިއީ މީޑިއާއަށް ދެއްކުމަށް ކުރީގެ ކޮމޭޑިއަން ބޭނުންކުރާ އުކުޅެކެވެ. ނަމަވެސް، ކޮރަޕްޝަނުގެ ފައިސާތައް އޭނާގެ އަތުގައި ބޯކޮށް އެބަހުއްޓެވެ. ގާތް އެކުވެރިންނާއި، ކުންފުނި ތަކުގައި ވެސް އޭނާގެ ފައިސާތައް ރައްކާ ކޮށްފައި އެބަހުރި ކަމަށް ވެއެވެ.

ބޭރުގެ އެކައުންޓު ތަކުގައި 1.2 ބިލިއަން ޑޮލަރު ރައްކާ ކޮށްފައި ހުރި އިރު، އެމެެރިކާގެ ފްލޮރިޑާއިން 33 މިލިއަން ޑޮލަރަށް ގަނެފައިވާ ގެއާއި، ޕްރައިވެޓް 3 މަތިންދާބޯޓާއި އެކި ތަންތަނުން އިތުރު 15 އެޕާޓްމަންޓު ވެސް ޒެލެންސްކީ ގަނެފައިވާ ކަމަށް ވެއެވެ.

ހަނގުރާމައިގައި ޔުކްރޭނު ސިފައިން ލައިއުޅޭ ޓީޝާޓެއް ޒެލެންސްކީ ތުރުކުރައްވައިގެން: ޒެލެންސްކީ ވިދާޅުވީ އޭނާ މުއްސަނދިކަމަށް ލޯބި ނުކުރާ ކަމަށް.

ޒެލެންސްކީގެ ބަހުން އޭނާ މުއްސަނދި ދިރިއުޅުމަކަށް ލޯތްބެއް ނުކުރެއެވެ. ނަމަވެސް، ޒެލެންސްކީގެ އަނބިކަނބަލުން ވަނީ އެތައް ބައިވަރު ލަގްޒަރީ މުދާ ގަނެފައެވެ. އޭގެތެރެއިން ބައެއް ބިލް ތައް އެ ފިހާރަތަކުގެ ސޭޓުން ލީކު ކޮށްފައި ވެސް އެބަހުއްޓެވެ. ތިރީގައި މި ވަނީ އޭގެތެރެއިން 1.1 މިލިއަން ޔޫރޯގެ ބިލެކެވެ. މި ބިލުގައި 340،000 ޔޫރޯ އަށް ވުރެ އަގު ބޮޑު އަތުގައި އަޅާ ކެވެލި ކޮޅަކާއި، 339،000 ޔޫރޯގެ ކަންފަތުލާ އެއްޗަކާއި 340،000 ޔޫރޯގެ ކަރުގައި އަޅާ ފަށެއް ހިމެނޭއިރު މިތަކެތީގެ އަގު އެއްމިލިއަން ޔޫރޯއަށް އަރައެވެ. އެކަމަކުބެސް ލަގްޒަރީ ތަކެއްޗެއް ޒެލެންސްކީ ގެންގުޅޭ ކަމަކަށް އޭނާ އެއްބަހެއް ނުވެއެވެ.

އެންމެ ރަނގަޅެވެ. ޒެލެންސްކީ އަކީ “އަލިފެކެވެ”. އެކަމަކު އަނބިކަނބަލުން އޮލޭނާ އަރާ ބޫޓުތަކާއި އަތްދަބަސްތަކުގެ އަގު ވެސް އުޅެނީ 2000 އާއި 50000 ޔޫރޯ އާއި ދެމެދުގައެވެ. މީގެ އިތުރުން 4.5 މިލިއަން ޔޫރޯގެ އަގުހުރި ބުގަޓީ ސުޕަރ ކާރެއް ވެސް ވަނީ ގަނެފައެވެ. މިއީ ގައިމު ވެސް ޒެލެންސްކީ އަށް ލިބޭ މުސާރަ އާއި ނުބައްދަލު މުއްސަނދިކަމެކެވެ. ނަމަވެސް، ޒެލެންސްކީ އަކީ ހަމަ “އަލިފެކެވެ”. ސީދަލަށް ހުރި އިޚްލާޞްތެރިއެކެވެ.

ޔޫކްރޭންގެ ހަކަތަ އާއި ބެހޭ ދާއިރާއިން ވެސް 100 މިލިއަން ޑޮލަރުގެ ޚިޔާނާތެއްގައި ޒެލެންސްކީގެ ރައިޓް ހޭންޑުގެ ގެޔަށް ފުލުހުން ވަދެފައިވާއިރު، މި ކޮރަޕްޝަން ހިންގާފައި ވަނީ ޒެލެންސްކީ އާއި ގުޅިގެން ކަމަށް ބަޔަކު ބުންޏަސް، ޒެލެންސްކީ ބުނާ ގޮތުން މި ވަރުގެ ކަމެއް ހިނގި ކަމެއް ވެސް އޭނާ އަކަށް ނޭނގެއެވެ.

ފްލޮރިޑާގައި 35 މިލިއަން ޑޮލަރުގެ ގެއެއް ހުންނައިރު، ބޭރުގެ ބޭންކް އެކައުންޓެއްގައި 1.2 ބިލިއަން ޑޮލަރު އެބަހުއްޓެވެ. އިތުރު 15 ގެއާއި، ތިން މަތިންދާ ބޯޓު އެބައޮތެވެ. މަހަކު 11 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެއެވެ. ސުވާލަކީ އެމެރިކާ އާއި ޔޫރަޕުން ރަޝިޔާ އާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެހީތެރިވުމަށް ދިން ފައިސާތަައް ކޮބައި ހެއްޔެވެ؟

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%