ޒެލެންސްކީގެ ރައިޓް ހޭންޑުގެ ގެޔަށް ފުލުހުން ވަދެ ޗެކުކުރަނީ

ޢަބްދުﷲ ޖުނައިދު | 7 ދުވަސް ކުރިން - 28 ނޮވެންބަރު 2025 14:46
ކުއްލި ޚަބަރު: ޒެލެންސްކީގެ ރައިޓް ހޭންޑުގެ ގެޔަށް ފުލުހުން ވަދެ ޗެކުކުރަނީ
ކުއްލި ޚަބަރު: ޒެލެންސްކީގެ ރައިޓް ހޭންޑުގެ ގެޔަށް ފުލުހުން ވަދެ ޗެކުކުރަނީ
ޚުލާސާ

100 މިލިއަން ޑޮލަރުގެ މައްސަލައެއްގައި ޒެލެންސްކީ ޗީފް އޮފް ސްޓާފް ޔަރްމަކް އާއި ގުޅުން ހުރި ތަންތަނަށް ފުލުހުން ވަދެ އެބަ ޗެކު ކުރޭ.

ޔޫރަޕުންނާއި އެމެރިކާއިން ރަޝިޔާ-ޔުކްރޭނު ހަނގުރާމައިގައި އެތައް ބިލިއަން ޑޮލަރެއް ޒެލެންސްކީގެ ސަރުކާރަށް ދީފައިވާއިރު އެ ފައިސާއިން ޒެލެންސްކީ ނަހަމަ ބޭނުންތައް ކޮށް ބޮޑެތި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ދަނޑިވަޅެއްގައި އޭނާގެ ޗީފް އޮފް ސްޓާފް އަންޑްރީ ޔަރްމަކް ގެ ގެއާއި އޮފީހަށް ފުލުހުން ވަދެ ޗެކު ކުރަން ފަށައިފިއެވެ.

ޒެލެންސްކީގެ ޗީފް އޮފް ސްޓަފްގެ ގެޔަށް ފުލުހުން ވަދެފައި ވާއިރު، ޒެލެންސްކީ އާއި ބުޅުން ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް އެފްބީއައި އިން ވެސް ދަނީ ތަޙްޤީޤު ކުރަމުންނެވެ. މީގެތެރޭގައި ޒެލެންސްކީ އާއި ގުޅުން އޮންނަ ކަމަށް ބެލެވޭ އެޕާޓްމަންޓެއްބައި ހުރި ރަން ފާޚާނާ ތައްޓެއް ވެސް ހިމެނޭ ކަމަށް ޚަބަރުތައް ބުނެއެވެ.

ރަޝިޔާ އިން ޔުކްރޭނަށް އެރުމާއި ގުޅިގެން ޒެލެންސްކީގެ ސަރުކާރަށް 148 ބިލިއަނެއްހާ ޑޮލަރު އެމެރިކާ އާއި ޔޫރަޕުން ދީފައި ވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%